އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގެ ރަޖިސްޓްރީ ގެއްލިއްޖެއެވެ.

ރަސްދޫ ކައުންސިލުން މިއަދު ގެޒެޓުގައިކުރި އިއުލާނެއްގައި ބުނީ ރަސްދޫ ޕޮލިސް ސްޓޭޝަން ބިމަށް ދޫކޮށްފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް" ގެ ބިމުގެ ރަޖިސްޓަރީ ގެއްލިގެން ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންވެ އެ ރަޖިސްޓަރީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި ކައުންސިލަށް އަންގައިދިނުން އެދޭ ކަމަށެވެ.

އެ ކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލްގެ ނަންބަރު 6660714 ގުޅުމަށް އެދޭކަމަށް ކައުންސިލުން ބުންޏެވެ.

ގޭގެ ނުވަތަ ބިމުގެ އަދި އުޅަނދުގެ ރަޖިސްޓްރީ ގެއްލިގެން އިއުލާން ކުރުމަކީ އާންމު ކަމެކެވެ. ނަމަވެސް ދައުލަތުގެ އިދާރާތައް ހިންގާ ތަންތަނުގެ ރަޖިސްޓްރީ ގެއްލިގެން އިއުލާންކުރުމަކީ އާންމު ކަމެއްނޫނެވެ.