އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް އެ ޕާޓީން މިއަދު ވަކިވެވަޑައިގެންފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް މަހުލޫފް މިއަދު ފޮނުއްވި ސިޓީއެއްގައިވަނީ އެ ޕާޓީން އޭނާ ވަކިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އެ ސިޓީގައި މަހުލޫފް ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން އެޕާޓީއަށް ހިދުމަތް ކުރުމަށް ފުރުސަތު ލިބުނުކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށާއި ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ކެބިނެޓުގައި މަސައްކަތް ކުރަން ފުރުސަތު ލިބުނުކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.
އަދި މަހުލޫފުގެ އެ ނިންމުމާމެދު އެއްވެސް މެންބަރެއްގެ ހިތްހަމަނުޖެހުމެއް އޮތްނަމަ އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މަހުލޫފް އެމްޑީޕީއާ ގުޅިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭރު އޭނާ ހުންނެވީ ޕީޕީއެމްގެ ޓިކެޓްގައި މަޖިލިސް މެންބަރެއްގެ ގޮތުގައެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު