ބްރެޒިލްގެ މިނިވަން ދުވަހާ ގުޅިގެން، އެ ގައުމުގެ ރައީސް ލުއީޒް އީނާސީޔޫ ލޫލާ ދަ ސިލްވާ އަދި ބްރެޒިލްގެ ސަރުކާރާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ އާއި ހެޔޮ އެދުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
ރައީސް މުއިއްޒު ފޮނުއްވި މެސެޖުގައި، ދެމެހެއްޓެނިވި ތަރައްގީ އާއި މޫސުމީ ބަދަލުތަކާ ގުޅޭ ކަންކަމުގައި ރާއްޖެ އާއި ބްރެޒިލް އާ ދެމެދު އޮންނަ ގުޅުން ފާހަގަކުރައްވާފައިވެއެވެ.
އަދި ބެލެމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސީއޯޕީ 30 ގައި ރާއްޖެއިން ބައިވެރިވުމަށް އިންތިޒާރުކުރައްވާ ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެ، އެއްބާރުލުން އިތުރުވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ.
ރައީސްގެ އެކްސް އެކައުންޓު މެދުވެރިކުރައްވައި ފޮނުވި މެސެޖުގައި ވެސް، ދެ ގައުމުގެ މަންފާއަށްޓަކައި މަސައްކަތްކުރުމުގައި ރާއްޖެއިން ދެމި ހުންނާނެކަމުގެ ޔަގީން ވަނީ އަރުވައިފައެވެ.
އާއިޝަތު މާހާ
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި