ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން މަޖިލީހަށް ބަަލައިގަތް، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާތަކާ ބެހޭ ކޮމިޓީން މިއަދު ބާއްވަން ނިންމި ބައްދަލުވުންތައް ކެންސަލްކޮށްފިއެވެ.
އެ ބިލާބެހޭގޮތުން ކޮމިޓީން މިއަދު ބައްދަލުކުރަން ނިންމާފައި އޮތީ، ބަންޑާރަ ނާއިބު އަހުމަދު އުޝާމްގެ އިތުރުން އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ ބޭފުޅުންނާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ބޭފުޅުންނާއެވެ.
ބަންޑާރަ ނައިބާ ބައްދަލުކުރަން އޮތީ، ހެނދުނު 11:00 އަށެވެ. 1:00 ގައި ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކުރަން އޮތް އިރު، މެންދުރުފަހު 2:00 ގައި އެމްޖޭއޭގެ ބޭފުޅުންނާއެވެ.
ނަަމެވެސް ފަހު ވަގުތު އެ ތިން ބައްދަލުވުން ކެންސަލް ކުރިކަން މަޖިލީހުގެ އިދާރާއިން އެ ފަރާތްތަކަށް ވަނީ އަންގައިފައެވެ.
އެމްޖޭއޭއިން ބުނީ ކޮމިޓީ ބައްދަލުވުން ކެންސަލް ކުރީ، ކޮމިޓީން ނިންމައިގެން ކަން އެ އެސޯސިއޭޝަނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ބައްދަލުވުން ކެންސަލް ކުރި ސަބަބެއް އަންގާފައި ނުވި ނަމަވެސް، ބިލަށް ލިއުމުން ހިޔާލު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް އަންގާފައިވާ ކަމަށްވެސް އެމްޖޭއޭއިން ބުންޏެވެ.
މީޑިއާ ބިލުގެ ބައްދަލުވުންތައް ކެންސަލް ކުރި ނަމަވެސް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެފަދަ ވޯޓެއް ނެގުމާ ގުޅޭ ކަންކަން ހިމަނައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" ދިރާސާ ކުރުމަށް މިއަދު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފައެވެ.
ނަމަވެސް އެ ބައްދަލުވުން ވެސް ވަނީ ސިއްރު ކޮށްފައެވެ.
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" އަކީ ސަރުކާރުގެ ފަރާތުން ސަރުކާރު ހިންގާ، ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
މި ބިލު މަޖިލީހުން ބޭރުކުރަން ގޮވާލައި، ނޫސް އިދާރާތަކާއި ނޫށްވެރިންވަނީ އިހުތިޖާޖު ކޮށްފައެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ކުށް
ކުށް
އެމެރިކާ