އޮސްޓްރޭލިއާގެ މެލްބަންގައި އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލައިލަން ދާން ދަތުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާސްޓަކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ.
ބީއެމްއެލުން މިއަދު ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުގައި ބޭންކުން ދޫކޮށްފައިވާ މާސްޓަކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިކުރެވޭނެ ކަމަށެވެ.
ބީއެމްއެލުން ބުނީ ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އިތުރު އެކަކާ އެކު ހަތަރު ދުވަހުގެ ދަތުރެއް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ދެ މީހުންގެ ދަތުރު ޓިކެޓާއި ހުރުމާއި ކެއުމާއި އަދި ފައިނަލް މެޗުތަކުގެ ޓިކެޓް ހިމެނޭ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން އިތުރަށް ބުނީ އެ ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ބައިނަލްއަގުވާމީ މިފަދަ ތަޖުރިބާތައް ހޯދައިދިނުމުގެ ގޮތުން ބީއެމްއެލްއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ތައާރަފު ކުރި ޕްރޮމޯޝަނެއް ކަމަށެވެ.
ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/win-a-trip-to-australian-open-finals-2026
އަލީ ޔާމިން
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް