ލަންކާގެ ރައީސުން ދިރިއުޅުނު ގެތައް ރިސޯޓުތަކަށް ބަދަލުކުރަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ވަނީ އެގައުމުގެ އަންނަ އަހަރުގެ ބަޖެޓުގެ މަޝްވަރާތަކުގައި އެގައުމުގެ ފަތުރުވެރިކަމާބެހޭ ފަރާތްތަކާ ބައްދަލުކުރައްވައި އެކަން ހިއްސާ ކުރައްވައިފައެވެ.
ލަންކާގެ ސަރުކާރުން ވަނީ އެގައުމުގެ ކުރީގެ ރައީސުން ދިރިއުޅުނު ގެތަކުގައި ޓޫރިސްޓު ރިސޯޓު ހެދުމަށް ބޭނުންވާ ވިޔަފާރިތަކުން އެކަމުގައި އިންވެސްޓު ކުރުމަށް އެދިފައެވެ. އެގޮތުން އެގައުމުގެ ކުރީގެ ރައީސުން ދިރިއުޅުނު ގެތަކުގެ ތެރެއިން ނުވަރައެލިއާގެ އިތުރުން އަނޫރަދަޕޫރާ އާއި މަހިޔަނގަނަޔާއާއި ކަޓަރަގަމާ ސަރަހައްދުގައި ހުރި ސަރުކާރުގެ ގެތައް ލަގްޒަރީ ރިސޯޓުތަކަަށް ބަދަލުކޮށް ބޭރުން އެގައުމަށް އަންނަ ފަތުރުވެރިންނަށް ހުޅުވާލުމަށް ވަނީ ނިންމައިފައެވެ.
ލަންކާގެ ފަތުރުވެރިކަމުގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި އެގައުމުގެ ރައީސް ވަނީ އެދާއިރާގައި ހުރި ގޮންޖެހުންތައް ބަލައި އެކަންކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތް ފުޅާކޮށް އިތުރަށް ކުރިއެރުވޭނެ ކަންކަން ބެލުމަށް އެދިވަޑައިގެންފައެވެ. އަދި އިތުރަށް ކުރެވިދާނެ ކަންކަމާގުޅޭ ހުށަހެޅުންތައް ހުށަހެޅުމަށް އެދިވަޑައިގެންފައިވެއެވެ.
މުހައްމަދު އައުޒަމް
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު