ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ގާނޫނާ ހިލާފަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޓީޑީ އުވާލަން ނިންމާފައިވާކަން އީސީން އިއުލާނު ކުރީ މިމަހުގެ 26 ވަނަ ދުވަހު އެވެ.
އީސީގެ ނިންމުން ކުށްވެރިކޮށް އެމްޓީޑީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އީސީން އެގޮތަށް ނިންމާފައިވަނީ ޑިއު ޕްރޮސެސްގެ ފުރުސަތުވެސް ނުދީ ކަމަށެވެ.
"މިއީ ކަނޑައެޅިގެން މި ޕާޓީގެ މެންބަރުންގެ ރުހުމަކާ ނުލައި އަދި މި ޕާޓީއަށް ޤާނޫނު އަސާސީން ލިބިދީފައިވާ ދުސްތޫރީ ހައްގު ގެއްލޭ ގޮތަށް، ޑިއު ޕްރޮސެސްގެ ފުރުސަތުވެސް ނުދީ ނިންމާފައިވާ ނިންމުމެއް،" އެމްޓީޑީ އިން ބުންޏެވެ.
އެމްޓީޑީން ބުނީ މިއީ ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމް ފުނޑުފުނޑުކޮށްލައި، ސިޔާސީ މަސައްކަތްތައް ހިމޭންކޮށް، މިނިވަންކަމާއެކު ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުމާއި ބައިވެރިވުމުގެ އަސާސީ ހައްގަށް ނުރައްކާވާ ގޮތަށް ހިންގާފައިވާ އަމަލެއް ކަމަށެވެ.
އީސީ އިން ގާނޫނާ ހިލާފަށް، ބޭއިންސާފުން ނިންމާފައިވާ ނިންމުމަށް އިންސާފު ހޯދުމަށް ކޯޓުތައް މެދުވެރިކޮށް ކުރެވެން ހުރި މަސައްކަތްތައް އެ ޕާޓީން ކުރާނެ ކަމަށެވެ. އެ ޕާޓީ ހިމޭން ކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ނުކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
އީސީން ވަނީ އެމްޓީޑީ އިން ދައްކަން ޖެހޭ ދަރަންޏެއް ވާނަމަ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެކަން އެޕާޓީއަށް ހުށަހަޅައި ނިންމުމަށް އެދިފައެވެ.
ކުށް
އެމެރިކާ
ހޮލީވުޑް
މަނިކުފާނު ގާނޫނާއި އެއްގޮތަށްތޯ ދިވެހި ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވީ! ނުހައްގު މުއްސަނދިކަމެއް ހޯއްދެވީ ގާނޫނާއި އެއްގޮތަށްތޯ؟ ޕާޓީ އުފެއްދުމުގެ މަސައްކަތްކުރެއްވީ އެފައިސާއިން ނޫންތޯ؟
އެކޮޅުމިކޮޅު - 10 މަސް ކުރިން