ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) 2025ގެ އޮފިޝަލް ކޯޗިން ޕާޓްނަރުން އިއުލާންކޮށްފިއެވެ.
ދިރާގުން މިއަދު ބުނީ ޑީއެމްއާރުއާރުގެ އޮފިޝަލް ކޯޗިން ޕާޓްނަރުންނާއެކު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމަށް ތައްޔާރުވުމަށް ބައިވެރިންނަށް ހާއްސަ ކޯޗިން ހޯދުމުގެ ފުރުސަތު ހިލޭ ލިބިގެންދާނެ ކަމަށެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ކޯޗިން ޕާޓްނަރުން ހަމަޖެއްސުމަކީ، ދުވުމުގެ ބައިވެރިންނަށް ތަމްރީނުވުން ފަސޭހަކުރުމަށްޓަކައި 2018 ވަނަ އަހަރުން ފެށިގެން ދިރާގުން ކުރަމުން އަންނަ ކަމެކެވެ.
މިއަހަރުގެ ކޯޗިން ޕާޓްނަރުން:
- އައިލެންޑް ރަނާސް މޯލްޑިވްސް: ޑީއެމްއާރުއާރުގެ ބައިވެރިންނަށް އެއް މަސް ދުވަހަށް ތަމްރީނުވުމުގެ ފުރުސަތު.
- އެލީޓް ރަނާސް: ޑީއެމްއާރުއާރުގެ ބައިވެރިންނަށް ޕާސަނަލައިޒްޑް ޓްރެއިނިން ޕްރޮގްރާމަކާއެކު ތަމްރީނުވުމުގެ ފުރުސަތު.
- ނަސީރް ސްޕޯޓްސް އެކަޑަމީ: ފުރަތަމަ ފަހަރަށް ޑީއެމްއާރުއާރުގައި ބައިވެރިވާ ފަރާތްތަކަށް ކޯޗް ނަސީރާއެކު ތަމްރީނުވުމުގެ ފުރުސަތު.
- ސާއިދް ސްޕޯޓްސް: ފުރަތަމަ ފަހަރަށް ޑީއެމްއާރުއާރުގައި ބައިވެރިވާ ފަރާތްތަކަށް ދިރާގު ބްރޭންޑް އެމްބެސެޑާ އަދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ކަމަށްވާ ހަސަން ސާއިދުގެ ފަރާތުން ތަމްރީނުވުމުގެ ފުރުސަތު.
- ލެގަސީ ފިޓްނަސް: ފުރަތަމަ ފަހަރަށް ޑީއެމްއާރުއާރުގައި ބައިވެރިވާ ފަރާތްތަކަށް ޓްރެއިނަރު ރިޔާޝްއާއެކު ތަމްރީނުވުމުގެ ފުރުސަތު.
ދިރާގުގެ ސީނިއާ މެނޭޖަރު، ބްރޭންޑްސް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވީ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025ގެ ބައިވެރިންނަށް ކޯޗިން ޕާޓްނަރުން މެދުވެރިކޮށް ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
''އަޅުގަނޑުމެންގެ މަގުސަދަކީ ކޮންމެ ދުވުންތެރިއަކަށް ވެސް މި ދުވުމަށް ތައްޔާރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމުގެ މަގުފަހިކޮށްދީ، ދުވުމުގައި ބައިވެިވުމަށް ހިތްވަރުދީ ދުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުން،'' ނާޔާ ވިދާޅުވިއެވެ.
ޑީއެމްއާރުއާރުގެ 16 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 24 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އެ ދުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި ބައިނަލްއަގުވާމީ ދުވުންތެރިން އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ.
އެ ދުވުން އަދި ދުވުމާ ގުޅުން ހުރި މައުލޫމާތު ހޯދުމަށް: www.dmrr.mv
ދިރާގު ރޯޑް ރޭސް
ދިރާގު ރޯޑް ރޭސް
ދިރާގު ރޯޑް ރޭސް
ދިރާގު ރޯޑް ރޭސް