ހދ. ނައިވާދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.
އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ނައިވާދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އޭޓީއެމް ހުޅުއްވައިދެއްވުމަށްފަހު ބީއެމްއެލްގެ ފަރާތުން ނައިވާދޫ ކައުންސިލާ ހަވާލުކުރި ހަނދާނީ ފިލާ ރައީސް ވަނީ އެ ރަށު ކައުންސިލުގެ ރައީސް އަލީ ރަޝީދު މުހައްމަދުއާ ހަވާލުކޮށްދެއްވައިފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރޭގައި އެ އަތޮޅުގެ ދިހަ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް އޭޓީއެމްގެ ހިދުމަތް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެކެވެ. ރައީސްގެ ވައުދުފުޅާ އެއްގޮތަށް މި އަހަރު ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ހިދުމަތް ގާއިމް ކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށައިފައެވެ.
ފާތިމަތު ލިއުޝާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް