މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، އއ. މާޅޮސް، އޯކިޑްމާގެ އަބްދުއްރަހުމާން އާދަމް (65އ) މަރުގެ މައްސަލައިގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި ތިން މީހުންގެ ތެރެއިން ދެމީހަކު ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު މާޅޮހުންނެވެ. އެމީހުން ހައްޔަރު ކުރީ ފުލުހުންގެ ޓީމެއް އެރަަށަށް ގޮހެވެ. އަނެކަކު ހައްޔަރުކުރީ މާލެއިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި އެންމެންނަކީވެސް އަބްދުރަހުމާން މަރާލި އިރު ރަށުގައި ތިބި މީހުން ކަމަށްވެސް އެނގިފައިވެއެވެ.
ހައްޔަރުކުރި މީހުން:
އަހުމަދު ފާރިޝް
އަހުމަދު އާޝިދު
މުހައްމަދު ވިޝާމް
މީގެ ތެރެއިން ފާރިޝް އާއި ވިޝާމް ހައްޔަރުކުރީ ރޭ ދަންވަރު މާޅޮހުންނެވެ. އެ ދެމީހުނަކީވެސް ރަށުގައި ވަޒީފާ އަދާކުރަމުން އަންނަ ދެމީހުންނެވެ.
މީގެ އިތުރުން 4 ވަނަ މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށް ހަބަރު ލިބުނު ނަމަވެސް އެކަން އަދި ވަނީ ޔަގީންވާ ގޮތެއް ނުވެފައެވެ.
އަބްދުއްރަހުމާން އާދަމް (65އ) މަރުގެ މައްސަލައިގެ ތުހުމަތުގައި، މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ފުލުހުން ވަނީ އެ ރަށު ބައެއްގެ ފޯނާއި އަންނައުނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މާޅޮހުން އެ ދެވަހު "ވަން" އަށް މައުލޫމާތުދިން މީހަކު ބުނީ އަބްދުއްރަހުމާންގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ ބައެއް މީހުންނާ ސުވާލުކޮށް، ބަލައި ފާސްކުރުންތަކެއް ކުރިއަށް ގެންގޮސްފައެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އަބްދުއްރަހުމާންގެ މަރުގެ މައްސަލައާ ގުޅިގެން ތިން މީހެއްގެ ގެ ބަލައިފާސްކޮށް، ތަހުގީގުގެ ބޭނުމަށް ބައެއް ތަކެތި ގެންގޮސްފައި ކަމަށް އެ ރަށުން ވާހަކަ ދެއްކި ފަރާތުން ބުންޏެވެ. އޭގެ ތެރޭގައި މޯބައިލް ފޯނާއި އަންނައުންނާއި އިތުރު އިލެކްޓްރޯނިކް ވަސީލަތް ހިމެނޭ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އޭރު "ވަން" އަށް ވިދާޅުވީ މައްސަލައިގެ ތަހުގީގުގެ ތެރެއިން މީހުންނާ ސުވާލު ކުރުމާއި ފޮރެންސިކުން މައްސަލައިގެ ހެކި ހޯދުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، ބަލައިފާސްކުރި ތަންނަތަނާއި، ހިފެހެއްޓި އިލެކްޓްރޯނިކް ސާމާނާ ހައްޔަރު ކުރި މީހުންނާ ގުޅުން އެބަހުއްޓެވެ.
އަބްދުއްރަހުމާން ޒަހަމްތަކަކާއެކު ފެނުނު މީހަކު "ވަން" އަށް ބުނެފައިވަނީ ބޮލަށް އަނިޔާކޮށްފައި ހުރުމުގެ އިތުރުން އޭނާގެ ލޮލަށްވެސް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ. ލޯމަތި ހުރީ ނޫފައިގެންފައިކަމަށް އޭނާ ބުންޏެވެ. އަބްދުއްރަހުމާންގެ ނިތްކުރި މަތީންނާއި ބޮލުގެ އަރިމަތީން ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށާއި ފުއްކިބައިންވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާކަމަށް "ވަން"އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.
ހައްޔަރުކުރި މީހުންނާ ގުޅޭ ގޮތުން ފުލުހުންގެ ރަސްމީ ބަހެއް އަދި ނެތެވެ.
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ