ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް މަޖިލީހަށް ހާޒިރުވެވަޑައިގެން ދޮގުހެއްދެވި ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހެޅުއްވި އިމްތިޔާޒްގެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
އެ މައްސަލައަށް ބަހުސް ކުރައްވަން ނުފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުން ވޯޓު ދެއްވި އެވެ. އެ މައްސަލައަށް ބަހުސްކުރަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަނަނަވާ 8 މެންބަރުންނެވެ.
މީކާއިލް ހުށަހަޅުއްވާފައިވާ އިމްތިޔާޒުގެ މައްސަލައިގައި ވިދާޅުވެފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު މަޖިލީހަށް ހާޒިރުވެވަޑައިގެން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަށް ހަލީލް ޖަވާބުދެއްވުމުގައި ދޮގުހައްދަވާފައިކަމަށެވެ.
އެ ދުވަހު މަޖިލީހަށް ހާޒިރުވެވަޑައިގަތުމުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ވަނީ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅޭގޮތުން ހަލީލަށް ސުވާލު އަމާޒުކުރައްވައިފަ އެވެ.
"ސޯޝަލް މީޑިއާއިން ތިއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައެއްނުގަންނަވާނެ އިންޑިއާ އައުޓް ޓީޝާޓު ލައިގެން އަޅުގަނޑު ހުއްޓައެއް، އެކަމަކު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅުންހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިވަޑައިގެންފައި އޮވެދާނެ" ހަލީލު ދެއްވި ޖަވާބު ކަމަށް ވިދާޅުވަމުން މީކާއިލް ވިދާޅުވި އެވެ.
އެ މައްސަލައިގައި ބުނެފައިވާ ގޮތުގައި ހަލީލު ހައްދަވާފައިވަނީ ދޮގެއް ކަމަށާއި އެކަމުގެ ހެކިތައް ސޯޝަލްމީޑިއާއިން ފެންނަމުންދާ ކަމަށެވެ.
އެ މައްސަލައާއެކު މީކާއިލްވަނީ "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހަލީލު ހުންނެވި ފޮޓޯއެއްވެސް ހުށަހަޅުއްވައިފަ އެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
އުރީދޫ މޯލްޑިވްސް
ރިޕޯޓް
ކާށި