އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
އިންޑިއާގެ 79 ވަނަ މިނިވަން ދުވަހާ ގުޅިގެން މަރުހަބާ ދަންނަވައި ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިވަން ދުވަހުގެ ތަހުނިޔާ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ދުރޫޕަދީ މުރުމޫ އާއި އިންޑިއާގެ ހުރިހާ ރައްޔިތުންނަށް އަރިސް ކުރައްވާ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި އެ ގައުމަށް އިތުރު ކާމިޔާބީއަށް އެދިވަޑައިގަންވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީގައި އިންޑިއާއަކީ އެންމެ އިތުބާރު ކުރެވޭ ގައުމު ކަމަށާއި ދެ ގައުމުގެ ރައްޔިތުންގެ ގުޅުމާއި ތަރައްގީގެ ޕްރޮޖެކްޓްތަކުން ދެ ގައުމުގެ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމަށެވެ.
އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވި އިރު، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރަން މިދިޔަ މަހުގެ 25 ވަނަ ދުވަހު މޯދީ ވަނީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވައިފައެވެ.
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި