ލަންކާގެ މޮރަޓުވާ ސަރަަހައްދުގައި ލެޕްރަސީ ކޭސްތައް އިތުރުވާން ފަށައިފިއެވެ.

ލަންކާގެ ވެރިރަށް ކޮލަންބޯގެ ދެކުނުން އޮންނަ މުރަޓުވާގެ އެގޮޑައުޔާނާ ސަރަހައްދުގައި ލެޕްރަސީ ޖެހިގެން ފެންނަ ކޭސްތައް އިތުރުވަމުން ދާ ކަމަށާއި ސިއްހީ އޮފިޝަލުން އެކަމުގައި އެޅޭނެ ފިޔަވަޅުތައް ބަލަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

ލަންކާގެ ސިއްހީ އޮފިޝަލުން އާންމު ކޮށްފައިވާ މައުލޫމާތުގައި ވާ ގޮތުން އެ ސަރަހައްދުން މި އަހަރުގެ މިހާތަނަށް ލެޕްރަސީ ޖެހިފައިވާ 23 މީހަކު ފެނިފައިވެއެވެ. އިތުރު 31 މީހަކަށް ޝައްކުވެ އިތުރު ޓެސްޓުތައް ހަދާފައިވާކަމަށް ބުނެފައެވެ.

ލެޕްރަސީ ކޭސްތައް އިތުރުވެފައިވާއިރު އޮފިޝަލުން ވަނީ އޭގެ ތެރޭގައި ކުޑަކުދީން ވެސް ހިމެނޭކަަަމަށް ބުނެފައެވެ.

މުރަޓުވާގެ އިދާރާތަކުން ވަނީ އެ ސަރަހައްދުގައި ލެޕްރަސީގެ ކޭސްތައް އިތުރުވާ ސަބަބު ދެނެގަތުމަށް މަސައްކަތް ފަށައިފައެވެ. މިހާތަނަށް ހޯދިފައިވާ ހޯދުންތަކުގެ ހާއްސަ ރިޕޯޓެއް ހުށަހަޅާފައިވާކަމަށް އޮފިޝަލުން ބުނެއެެވެ.

ސިއްހީ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން މުރަޓުވާގައި ބަލި ފެތުރޭ ސަރަހައްދުގައި އާންމުން ދަނީ އެކަން ސިއްރުކުރަމުންނެވެ.