އުމުރުން 43 އަހަރުގެ ތަޖުރިބާކާރު ދުވުންތެރިޔާ، ޝަމްހާ އަހުމަދު، ރާއްޖޭގެ 10000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު މުގުރާލައިފިއެވެ.
ޝަމްހާ ރެކޯޑު ހެދީ، އޭނާ މިހާރު ދިރިއުޅެމުންދާ ޖަރުމަނުގެ ހެމްބާގުގައި ކުރިއަށް ދިޔަ ނައިޓް އޮފް ދަ ޓެންސް 2025 ގައި ވާދަކޮށްގެންނެވެ. ޝަމްހާ ރޭސް ނިންމާފައި ވަނީ 40 މިނެޓު، 41.83 ސިކުންތުންނެވެ.
ޝަމްހާގެ ކުރިން އެރެކޯޑު އޮތީ ދުވުމުގެ ގިނަ ރެކޯޑުތަކެއް ދަމަހައްޓާފައިވާ، މަރިޔަމް އަބްދުލް ކަރީމް (މަރީ) އަތުގައެވެ.
މަރީ ކުރިން ރެކޯޑު ހަދާފައި ވަނީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު، ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށްގެންނެވެ. މަރީގެ ޓައިމިންއަކީ 42 މިނެޓު، 08.62 ސިކުންތެވެ.
ރެކޯޑާއެކު ޝަމްހާ ބުނީ މިއީ ރެކޯޑު މުގުރާލަން މަސައްކަތް ކުރި ތިންވަނަ ފަހަރު ކަމަށާއި، ރެކޯޑު ހެދުމުން އެކަމާ އުފާކުރާ ކަމަށެވެ. އަދި އެކަމުގައި ކޯޗު، ނަސްރުﷲ އަހުމަދާއި އައިލެންޑް ރަނާސްއަށް ޝުކުރު އަދާކުރާ ކަމަށެވެ.
ޝަމްހާ ފަހަކަށް އައިސް ގިނަ ރެކޯޑުތަކެއް މުގުރަމުންދާ އިރު، މިދިޔަ އަހަރު އޭނާ ވަނީ އަންހެނުންގެ 5000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް، މަސް ދުވަސް ތެރޭ ދެފަހަރަށް އާކޮށްފައެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު