ޑްރަގް ކާޓެލްތައް ނައްތާލުމަށް އެމެރިކާގެ މިލިޓަރީ ނެރެން އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެެެމެރިކާގެ ނޫސްތަކުން އިއްޔެ ވަނީ ޓްރަމްޕްގެ މިހާރުގެ އެންމެ ބޮޑު ޓާގެޓަކީ ލެޓިން އެމެރިކާ ސަރަހައްދުގައި ހަރަކާތްތެރިވާ ޑްރަގް ކާޓެލްތައް ނައްތާލުމަށް ކަމަށް ރިޕޯޓުކޮށްފައެވެ.

އެމެރިކާގެ ދަ ނިއުޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފައިވާގޮތުން ރައީސް ޓްރަމްޕް ވަނީ ޕެންޓަގަން އަށް އެކަމުގެ އޯޑަރު ދެއްވައިފައެވެ. އަދި ވަނީ އެމެރިކާގެ މިލިޓަރީ ފޯސްތައް ނެރެ ކާޓެލްތައް ނައްތާލުމަށް ޓްރަމްޕް އަމުރުކުރައްވައިފައެވެ.

ލެޓިން އެމެރިކާގެ ގައުމުތަކުގެ ތެރެއިން އެމެރިކާ ފޯސްތައް އެރުމަށް ހަމަޖެހިފައިވާ އެންމެ ނުރައްކާ ގައުމުކަަމަށް ބެލެވޭ މެކްސިކޯ އިން އެގައުމުގެ އޮފިޝަލުން ވަނީ އެއީ މެކްސިކޯ ހިފުމަށް ހިންގާ އޮޕަރޭޝަނެއް ނޫން ކަމަށް ބުނެފައެވެ.

ޓްރަމްޕް މިދިޔަ މާޗު މަހު ވަނީ މެކްސިކޯގައި ޑްރަގާ ދެކޮޅަށް ކުރާ ހަނގުރާމައަކީ އެގައުމުގެ ގައުމީ ސަލާމަތަށް ކުރަން ޖެހިފައި އޮތް މުހިންމު ކަމެއް ކަމުގައި ސިފަ ކުރައްވައިފައެވެ.