ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.
މިއީ ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ކުރައްވާ ހަތަރު ވަނަ ނުރަސްމީ ދަތުރުފުޅެވެ. ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން އެންމެ ފުރަތަމަ ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުއެވެ. އެ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވީ އެ މަހުގެ 24 ގައެވެ.
އެ ފަހުން ރައީސްގެ ދެކަނބަލުން ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ސިންގަޕޫރަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސްގެ ދެ ކަނބަލުން ރާއްޖެ ވަޑައިގެންނެވީ އެ މަހުގެ ފަސްވަނަ ދުވަހުއެވެ.
މިިދިޔަ އަހަރުގެ އޯގަސްޓު 27ގައި ވެސް ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން 30 އޮކްޓޯބަރު 2023 ގައި އާއިލީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންނެވީ 4 ނޮވެމްބަރު 2023ގައެވެ.
އާއިޝަތު މާހާ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް