ވިއެޓްނާމްގައި ބަހެއް އެކްސިޑެންޓުވެ 10 މީހުން މަރުވެއްޖެއެވެެ.

ވިއެޓްނާމުގެ މެދުތެރޭ ޑާ ނަންގް ސިޓީގައި ހިނގި އެހާދިސާގައި 10 މީހުން މަރުވެފައިވާ އިރު އޭގެތެރޭގައި ދެ ކުޑަކުދިން ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ.

ވިއެޓްނާމުގެ ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ އެކްސިޑެންޓް ހިނގާފައިވަނީ އެސިޓީގެ ނެޝަނަލް ހައިވޭއިން އެބަސް ދުއްވާފައި ދުއްވަނިކޮށް ކޮންޓްރޯލް ނެއްޓި އެސަރަހައްދުގައި ހުރި މާރުކޭޓެއްގައި ޖެހި ބަސް ފުރޮޅާލައިގެން ކަމަށެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނޭ 10 މީހުންނަކީ ވެސް ވިއެޓްނާމަަށް ނިސްބަތްވާ މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެހާދިސާގައި 12 މީހަކަށް އެކިވަރުގެ އަނިޔާވެ ފަރުވާދީފައިވާ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

ބަސް އެކްސިޑެންޓްވި ހާދިސާ ތަހުގީގު ކުރުމަށް ވިއެޓްނާމުގެ ބޮޑުވަޒީރު ޕަމް މިން ޗިން ވަނީ ގޮވާލައްވައިފައެވެ.