ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މޯދީ ހުންނަވާ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ.

ރައީސް ނަޝީދަކީ އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް އަބަދު ވެސް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށް މި މައްދަލު ކުރެއްވުމުގައި މޯދީ ވަނީ ވިދާޅުވެފައެވެ.

އެގޮތުން "ނެއިބަހުޑް ފަސްޓް" ސިޔާސަތާއި މަހާސާގަރުގެ ތަސައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި އަބަދުވެސް ރާއްޖެ އޮންނަ އޮތުމާ ބެހޭގޮތުން މޯދީ ވަނީ ވާހަކަ ދައްކަވައިފައެވެ.

ކެޕޭސިޓީ ބިލްޑިން އާއި ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާ މެދުވެރިކޮށް އިންޑިއާއިން ރާއްޖެއަށް އެއްބާރުލުން ދެއްވާނެ ކަަމަށްވެސް މި ބައްދަލުވުމުގައި މޯދީ ވަނީ ވިދާޅުވެފައެވެ.

މޯދީ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އާ ވެސް ބައްދަލުކުރައްވައިފައެވެ.