ޝާހިދު ކަޕޫރުގެ އަންނަ އެކްޝަން-ތުރިލާ ފިލްމުގެ ނަމަކީ "ރޯމިއޯ" ކަން އިއުލާނުކޮށްފިއެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ ވިޝާލް ބަރަދުވާޖެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި ޝާހިދުގެ އިތުރުން ޓްރިޕްތީ ޑިމްރީ، ނާނާ ޕާޓޭކަރް، ރަންދީޕް ހޫޑާ، ވިކްރާންތު މަސޭ އަދި ފަރީދާ ޖަލާލް ހިމެނެއެވެ. ފިލްމުގައި ދިޝާ ޕަޓާނީ ހާއްސަ ޑާންސް ނަންބަރަކުން ފެނިގެންދާނެއެވެ. "ރޯމިއޯ" ގައި ޝާހިދު ފެނިގެންދާނީ ގޭންގްސްޓަރެއްގެ ރޯލުންނެވެ.
ސާޖިދު ނަދިޔާދުވާލާގެ ނަދިޔާދުވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓުން އުފައްދާ މި ފިލްމު ނެރެން ހަމަޖައްސާފައިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ. މި ފިލްމު ބޮކްސް އޮފީހުގައި ރަންވީރު ސިންގުގެ "ދުރަންދަރު" އަދި ޕްރަބާސްގެ "ދަ ރާޖާ ސާބް" އާ ވާދަކުރާނެއެވެ.
"ރޯމިއޯ" އަކީ "ކާމިނޭ" (2009)، "ހައިދަރު" (2014) އަދި "ރަންގޫން" (2017) ގެ ފަހުން ޝާހިދާއި ވިޝާލް ބަރަދުވާޖު ގުޅިގެން މަސައްކަތްކުރާ ހަތަރުވަނަ ފިލްމެވެ.
"ރޯމިއޯ" އަށްފަހު ޝާހިދު ކްރިތީ ސަނޮން އަދި ރަޝްމިކާ މަންދަނާ ގުޅިގެން "ކޮކްޓެއިލް 2" ކުޅޭނެއެވެ. މިއީ ރޮމެންޓިކް ކޮމެޑީ ފިލްމެކެވެ.
ޝާހިދު ކަޕޫރް