ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކަންބޮޑުވުމަކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުން ރައްޔިތުންގެ މަޖިލީހުގެ ސިމްޕަލް މެޖޯރިޓީން ފާސްކުރެވޭ ގޮތަށް، "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލު" ގައި އޮތުން ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޑިރެކްޓާ ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ، "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލު" އަށް ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމަށް ޕާޓީތަކަށް ދައުވަތު ދީގެން، އެ ބިލް ދިރާސާކުރާ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޖޭޕީގެ ހިޔާލު ހުށަހަޅުއްވަމުންނެވެ.
އަމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިހާރު އޮތްގޮތަށް އަބަދު ސަރުކާރަށް އޮންނާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުން ބެހިފައިވާ ގޮތް އަބަދު މިގޮތަށް އޮންނާނެ ކަމަށް ވިސްނައިގެން ނުވާނެ ކަމަށެވެ.
"އެހެންކަމުން މިކަހަަލް އާއްމު ވޯޓަކަށް ދާ ދިއުމަކީ ވަރަށް ބޮޑު ހަރަދުތަކެއް ހިމެނޭ ކަމެއް، ރާއްޖޭގެ އިގްތިސޯދު ވަަރަށް ބޮޑަށް ބަރޯސާ ވެފައި މިވަނީ ޓޫރިޒަމަށް ކަމަށް ވާތީ ދުނިޔޭގެ މަސްރަހަށް މިއަންނަ ބަދަލާ އެކީގައި ރާއްޖޭގެ އިގްތިސޯދަށްވެސް ނޭދެެވޭ އަސަރުތައް ކުރަމުން އެބަ އާދޭ އެހެންވީމާ ކުރިއަށް އޮތްތަނުގައިވެސް ވަރަށް ބޮޑު ޗޭންޖެއް ފަހަރުގައި އަތުވެދާނެ،"
އެހާ ފަސޭހައިން އާއްމުންގެ ވޯޓު ނަގަން ފާސްކުރެވޭ ގޮތަށް ބިލުގައި އޮތުމަކީ، އެފަދަ ދަނޑިވަޅުތަކުގައި ދިމާ ވެދާނެ ވަރަ ށްބޮޑު ގޮންޖެހުމަކަށް ވެދާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
"އެފަދަ ހާލަތެއްގައި މަޖިލީހުގެ ކޮމްޕޮޒިޝަން އޮތް ގޮތަކުން ވަރަށް ފަސޭހަކަމާއެކީގައި އާއްމުވޯޓަކަށް ދާން ބޭފުޅުންކޮޅެއް މަސައްކަތްކުރައްވަފާނެ، ކޮމްޕޮޒިޝަން އޮތްގޮތުން ފާސްވެސް ވެދާނެ، އެއިން ކޮންމެ ފަހަރެއްގައި ސަރުކާރުގެ ނުވަތަ ދައުލަތުގެ މާލީ ހާލަތު އޮތްގޮތުން އެކަން ކުރުން އުނދަގޫ ކަމަކަށްވެސް ވެދާނެ،"
އެހެންކަމުން މަޖިލީހުގެ ސިމްޕަލް މެޖޯރިޓީން، އާއްމު ވޯޓު ނަގަން ފާސްކުރެވޭ ގޮތަށް އޮތް މާއްދާއާމެދު މެންބަރުން ވިސްނައިވަޑައިގަތުމަށް އަމީން އެދިވަޑައިގެންނެވިއެވެ.
އަމީން އިތުރަށް ވިދާޅުވީ، ރައްޔިތުންގެ އާއްމު ވޯޓު ކޮންމެހެން ނަގަން ޖެހޭ ހާއްސަ ހާލަތްތަކެއް ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެއިން އެއްވެސްކަމެއް ކަމެއް މި ބިލުން އުނިވެގެން ނުވާނެކަަމަށްވެސް ވިދާޅުވިއެވެ.
"އެންމެ މުހިއްމު ކަމަކީ ގާނޫނުއަސާސީގައި ކަނޑައެޅިގެން ރައްޔިތުންގެ ހިޔާލު ހޯދައިގެން ކުރަން ޖެހޭނެ ކަަމަށް ކަނޑައަޅާފައިވާ ކޮންމެ ކަމެއް އެ ކަމެއް ގާނޫނުއަސާސީގައި ކަނޑައޅާފައިވާ ކޮންމެ މާއްދާއެއް މި ބިލްގެ ތެރޭގައި ހިމެނެން ޖެހޭނެ، ޝާމިލް ވާން ޖެހޭނެ،"
މީގެ އިތުރުން އިލެކްޓްރޯނިކް ވޯޓިން ސިސްޓަމަކަށް ގޮސްފިނަަމަ ކަންތައް ކުރަން ޖެހޭނެ ގޮތެއް، އަދި ވޯޓުގެ ނަތީޖާ އެއްވަރުވެއްޖެ ނަމަ ކަންކުރާނެ ގޮތެއް ބިލްގައި ނެތްކަންވެސް އަމީން ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވީ އެކަންތައްތަކަށް ބިލްގައި ގޮތެއް ކަނޑައެޅެން ޖެހޭނެ ކަމަށެވެ.
އިބްރާހިމް ޒަކީ
ހޮރްމުޒް ކަނޑުއޮޅި
އޭއައި
ބޯހިޔާވަހިކަން
އައިފޯން