ރައީސް ޑރ. މުހައްމަދު މުއިއްޒު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކާ ބޮޗްވޭއާ ބައްދަލު ކުރައްވައިފިއެވެ.
ރައީސް މުއިއްޒު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވާފައިވަނީ އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުވުމުގައި، މުހިންމު ދާއިރާތަކުން ރާއްޖެއަށް ކޮމަންވެލްތުން ދެމުންދާ އެހީތެރިކަން ކުރިއަށް އޮތް ތަނުގައި ވެސް ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ސެކްރެޓަރީ ޖެނެރަލް ދެއްވި ކަމަށެވެ.
ބައިނަލްއަގުވާމީ މަސްރަހުގައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި އިސްކަންދޭ ކަންކަމަށް ވަކާލާތުކުރުމުގައި ރާއްޖެއިން އަދާކުރަމުންދާ ލީޑާޝިޕްގެ ދައުރު ރައީސް ވަނީ އެ ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވައިފައެވެ. އަދި 2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ދަރަޖައަށް ރާއްޖެ ގެންދިއުމުގެ ގައުމީ ތަސައްވުރު ކުރިއަށް ގެންދިއުމުގައި، ކޮމަންވެލްތުން ދެމުންދާ އެއްބާރުލުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން، ރައީސް އާއި ސެކްރެޓަރީ ޖެނެރަލް ވަނީ ދެފަރާތުގެ މަސްލަހަތު ހިމެނޭ ގިނަ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ. މީގެތެރޭގައި ޑިމޮކްރަސީ އާއި ހެޔޮ ވެރިކަން، ވިޔަފާރި އާއި ވުނަކުރުން އަދި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދެމެހެއްޓެނިވި ތަރައްގީއާ ގުޅުންހުރި ދާއިރާތައް ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރިޕޯޓް
ކާބޯތަކެތި
އެމެރިކާ
ބޮލީވުޑް