ސޮތުބީސް އޮކްޝަނެއްގައި ދާދި ފަހުން، ދުނިޔެއާއި މާސްގެ ވަރަށް ހާއްސަ ދެ އެއްޗެއް ބޮޑު އަގެއްގައި ވިކިއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އޭގެ ތެރެއިން އެކައްޗަކީ މާސްގެ ކަޅު ހިލައެކެވެ. އެއަށް ދީފައިވާ ނަމަކީ NWA 16788އެވެ. މި ހިލައިގެ ބަރުދަނަކީ 54 ޕައުންޑެވެ. މި ހިލަ 5 މިލިއަން ޑޮލަރަށްވުރެ ބޮޑު އަގެއްގައި ވިކިފައިވާއިރު، މިއީ މާސްގެ ކަޅު ހިލައަކަށް ލިބުނު އެންމެ ބޮޑު އަގެވެ. މި ހިލަ ފެނިފައިވަނީ 2023 ވަނަ އަހަރު ނައިޖާގެ ސަހަރާ ސަރަހައްދުންނެވެ. މި ހިލައިގެ ބޮޑުމިނަކީ 15 އިންޗިއެވެ.
ބީލަންވެރީންގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިގެންދިޔައީ ޒުވާން ޑައިނޯސޯރެއްގެ ކަށިގަނޑަކަށެވެ. އެއީ ކެރަޓޮސޯރަސް ނެސިކޯނިސް ނަމަކަށް ކިޔާ ޑައިނޯސޯއެކެވެ. 6 ބީލަންވެރިން 6 މިނެޓަށް ވާދަކުރި، މި ކަށިގަނޑު ވިކުނީ 26 މިލިއަން ޑޮލަރަށެވެ. މިއީ މިހާތަނަށް ވިކުނު ޑައިނޯސޯތަކުގެ ތެރެއިން ތިންވަނައަށް އެންމެ އަގުބޮޑު ޑައިނޯސޯރެވެ.
150 މިލިއަން އަހަރު ދުވަސްވީ މި ކަށިގަނޑު ފެނުނީ 1996 ވަނަ އަހަރު ވައިއޯމިން އިންނެވެ. މި ކަށިގަނޑުގެ އާންމުކުރި ފަރާތުން ބޭނުންވަނީ މި ކަމާބެހޭ މުއައްސަސާއަކަށް ދޫކުރުމަށެވެ.
ބިން (ދުނިޔެ)
ބިން (ދުނިޔެ)