މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް (އޭސީޕީ)ގެ މަގާމުގައި ހުންނެވި މުހައްމަދު އާސިފް ވަޒީފާއިން ވަކިކޮށްފިއެވެ.
ކަރެކްޝަންސް އިން އާސިފްގެ މައްސަލައެއް ބަލަން ފަށައި، އޭނާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަސްޕެންޑުކޮށްފައެވެ. މިދިޔަ އަށް މަސް ދުވަހުގެ މުއްދަތަކަށް އޭނާ ސަސްޕެންޝަނުގައި ހުންނެވީ މުސާރަ ލިބޭ ގޮތަށެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު "ވަން"އަށް މިރޭ ވިދާޅުވީ މައްސަލަ ބެލުމަށްފަހު، އާސިފް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އިތުރު މައުލޫމާތެއް އޭނާ ނުދެއްވައެވެ.
މިދިޔަ ނޮވެމްބަރު މަހު އާސިފް ސަސްޕެންޑް ކުރި އިރު، ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000 ރުފިޔާއަށްވުރެ ގިނަ ފައިސާ އެކިއެކި އެކައުންޓުތަކަށް ޖަމާކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ ހިޔާނާތުގެ މުގުލުގައި ހުންނެވި ކަމަށް ތުހުމަތުކުރަނީ އާސިފަށެވެ. އޭނާއަކީ އެ ކްލަބުގެ ރައީސެވެ.
ސްޕުރިޓެންޑެންޓްގެ މަގާމުގައި ހުންނަވަނިކޮށް އާސިފު، އޭސީޕީގެ މަގާމަށް ޕްރޮމޯޓްކުރީ 2019 ވަނަ އަހަރުއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް