ޕާކިސްތާނަށް ވިއްސާރަވެ ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 63 މީހަކު މަރުވެއްޖެއެެވެ.
ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ހިނގާފައިވާ ހާދިސާތަކުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 63 މީހުން މަރުވެވެފައިވާއިރު، 290 މީހަކަށް އެކިވަރުގެ އަނިޔާވެގެން ފަރުވާދީފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕާކިސްތާނުގެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައިވާ ގޮތުގައި، ވިއްސާރައިގެ ސަބަބުން އެ ސަރަހައްދުގެ ގިނަ އިމާރާތްތަކެއް ވަނީ ބިމާހަމަވެފައެވެ. އިމާރާތްތަކުގެ ދަށުގައި ވެސް ގިނަބަޔަކު ތާށިވެފައި ތިބޭނެކަމަށް ބެލެވޭކަމަށް ބުނެފައިވެއެވެ. އަދި މީގެ އިތުރުން ކަރަންޓުގައި ޖެހުމާއި ގެނބުމުގެ ސަބަބުންވެސް ގިނަބަޔަކު މަރުވި ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ޕަންޖާބުގެ ރަވާލްޕިންޑީ ސިޓީގެ އޮފިޝަލުން ބުނެފައިވާގޮތުގައި ވިއްސާރައިގެ ސަބަބުން އަސާސީ ގިނަ ހިދުމަތްތަކުން މީހުން ވަނީ މަހުރޫމުވެފައެވެ. ވިއްސާރައިގެ ސަބަބުން ނުރައްކާ ވާނެ ކަމަށް ބެލެވޭ ސަރަހައްދުގެ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށްވެސް ޑިސާސްޓާ ސެންޓަރުން ވަނީ އަންގައިފައެވެ.
ޕަންޖާބުގެ ގިނަ ސަރަހައްދުތަކަށް އިމަޖެންސީ އިއުލާން ކޮށްފައިވާއިރު އެ ސަރަހައްދުގެ މޫސުން ގޯސްކަމުން ދަތުރުފަތުރުތައް ވެސް ހުއްޓިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގެ އެކި ސަރަހައްދުތަކަށް މޫސުމީ ވިއްސާރަ ކުރަމުންދާއިރު ޖޫން އިން ފެށިގެން މިހާތަނަށް 180 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު