މަހާތަމާ ގާންދީގެ ކުރަހާފައިވާ ތަސްވީރެއް ދެ ލައްކަ ޑޮލަރަށް ވިއްކާލައިފިއެވެ.
އިންޑިއާގެ މިނިވަންކަމުގެ ބާނީ އަދި އެގައުމުގެ އެންމެ މަގުބޫލު އެއް ޝަހުސިއްޔަތު ކަމަށްވާ މަހާތަމާ ގާންދީގެ އެ ތަސްވީރު ވިއްކާލާފައިވަނީ އިނގިރޭސި ވިލާތުގެ ލަންޑަނުގައި ކުރިޔަށް ދިޔަ ނީލަމެއްގައެވެ.
އިއްޔެ ކުރިޔަށް ދިޔަ އެ ނީލަމުގައި ވިއްކާފައިވަނީ އިނގިރޭސި އާޓިސްޓެއް ކަމަށްވާ ކްލެއާ ލެއިޓަން ތެޔޮ ކުލަ ބޭނުންކޮށްގެން ކުރަހާފައިވާ މަހާތުމާ ގާންދީގެ ތަސްވީރެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނީލަމުގައި ހުށަހެޅި އެންމެ ބޮޑު އަގުގެ ގޮތުގައި، އެ ތަސްވީރު ވިކިފައިވަނީ ޖުމުލަ 204،648 އެމެރިކާ ޑޮލަރަށް ކަމަށް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް