ދެކުނު ކޮރެއާއިންވެސް ބޮއިން ފްލައިޓުތަކުގެ ތެޔޮ ސުވިޗު ޗެކުކުރަން ނިންމައިފިއެވެ.
ދެކުނު ކޮރެއާގެ ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އެ ގައުމުގައި އޮޕަރޭޓުކުރާ ހުރިހާ އެއާލައިންތަކުން ވެސް އެއެއާލައިންތަކުގައި ބޭނުންކުރާ ބޮއިން ފްލައިޓުތަކުގެ ތެޔޮ ސުވިޗު ޗެކުކުރަން އަމުރެއް ނެރެފައެވެ.
ދެކުނު ކޮރެއާގެ ޓްރާންސްޕޯޓު މިނިސްޓްރީގެ ތަރުޖަމާނު ތެޔޮ ސުވިޗުތައް ޗެކުކުރުމަށް އަންގަވައިފައިވަނީ މީގެ ކުރީން އެމެރިކާގެ އެފްއޭއޭ އިން 2018 ވަނަ އަހަރު އެދިފައިވާ ގޮތަށް އެ ގައުމުގެ އެއާލައިންތަކުގެ ސްޓޭންޑަށް އެއްގޮތަކަށް ބެހެއްޓުމަށް ކުރާ ކަމެއްގެ ގޮތުގައި ކަން ފާހަގަކުރައްވައިފައިވެއެވެ.
ދުނިޔޭގެ އެއާލައިންތަކުން ވަނީ އެ އެއާލައިންތަކުގައި ބޭނުން ކުރާ ބޮއިންގް ފްލައިޓުތަކުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ތެޔޮ ސުވިޗު ޗެކުރުމުގެ މަސައްކަތް ފަށައިފައެވެ. އެގޮތުން ދެކުނު ކޮރެއާގެ އިތުރުން ސިންގަޕޫރުން ވެސް އެކަން ކުރުމަށް ނިންމާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
އިންޑިއާގެ ދަ ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން އިން ވަނީ އެ ގައުމުގެ އެއާލައިންތަކުން ބޭނުންކުރާ ބޮއިން މަރުކާގެ ހުރިހާ ފްލައިޓުތަކެއްގެ ތެޔޮ ސުވިޗުތައް ވެސް ޗެކުކުރުމަށް އަމުރުކޮށްފައެވެ.
އެއާލައިންތަކުން ބޮއިންގ ފްލައިޓުތަކުގެ ތެޔޮ ސްވިޗް މައްސަލަ ފެންމަތިވެފައި މިވަނީ އެއާ އިންޑިއާ ފްލައިޓު ވެއްޓުނު ހާދިސާގެ ތަހުގީގުގެ ފުރަތަމަ ރިޕޯޓުގވައި އާންމުކޮށްފައިވާ މައުލޫމާތުން ހާމަވެފައިވާ އެއާ އިންޑިއާ ފްލައިޓު އޭއައި171 ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އޭގެ އިންޖީނަށް ތެޔޮ ފޯރުކޮށްދޭ މައި ސުވިޗު ނިއްވާލި މައްސަލައަށް ފަހުއެވެ.
އެ ފްލައިޓުގެ ކޮކްޕިޓް ރެކޯޑިންއިން ވަނީ ދެ ޕައިލެޓުންގެ ތެރެއިން އެކަކު ފްލައިޓުގެ ތެޔޮ ސުވިޗު ނިއްވާލީ ކީއްވެތޯ ސުވާލުކޮށްފައިވާކަން ހާމަވެފައެވެ. އޭގެ ޖަވާބުގައި އަނެއް ޕައިލެޓު ވަނީ ނުނިއްވާ ކަމަށް ބުނެފައެވެ. އޭގެ ކުޑައިރުކޮޅެއްފަހުން އެ ސުވިޗު އަލުން ޖައްސާފައިވާކަން ވެސް ރެކޯޑިން އިން ވަނީ އެނގިފައެވެ.
ނަމަވެސް ފުލައިޓު ވެއްޓުމުގެ ސަބަބަކީ ސުވިޗް ނިއްވާލުން ކަމަށް ރިޕޯޓުގައި ސީދާ ބުނެފައެއް ނުވެއެވެ.
ތަހުގީގު ރިޕޯޓު އާންމު ކުރުމާއެކު ބޮއިން ފްލައިޓުތަކުގެ ރައްކާތެރިކަމާމެދު ގިނަބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ. ނަމަވެސް އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިން އިއްޔެ ވަނީ ބޮއިން ފްލައިޓުތަކުގެ ތެޔޮ ސުވިޗުތަކުގައި މައްސަލައެއް ނޫޅޭނެ ކަމަށާއި ރައްކާތެރިކަމަށް ފާހަގަކޮށްފައެވެ.
މުހައްމަދު އައުޒަމް
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު