ގަސްގަހާގެއްސާއި އެކި ޖަނަވާރުތައް ވައިގެ މަގުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް އެތެރެކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލުން ބުނީ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއާ އެކު މިއަދު ސޮއިކުރި އެއްބަސްވުމާއެކު، ގަސްގަހާގެއްސާއި އެކި ޖަނަވާރުތައް ވައިގެ މަގުން އެތެރެކުރުން އިތުރަށް ހަރުދަނާވާނެ ކަމަށެވެ.

އެ އެއްބަސްވުމަކީ، އެއާޕޯޓުގައި ހިދުމަތް ދޭ ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން ކަންކަން ހަރުދަނާކުރުމުގެ ބޭނުމުގައި އެކުލަވާލާ ސާވިސް އެގްރީމަންޓްތަކުގެ ތެރެއިން އެގްރީމެންޓެއް ކަމަށެވެ.

އެމްއޭސީއެލުން ބުނީ ސާވިސް އެގްރީމަންްޓްތައް ހެދުމުގެ ބޭނުމަކީ، އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް އެ ކުންފުނީގެ ހިދުމަތްތައް ބައްޓަންކޮށް އޮޕަރޭޝަނަލް އެފިޝިއަންސީ ހަރުދަނާ ކުރުން ކަމަށެވެ.

މީގެ އިތުރުން އަލަށް ހުޅުވާ ޓާމިނަލްގެ ހިދުމަތްތައް ރަނގަޅުކުރުމަކީވެސް އޭގެ ތެެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ބުންޏެވެ.