ވަގަށް ނަގާފައިވާ 69 ސައިކަލަކާއި 29 ފޯނެއް ފުލުހުންގެ މަސައްކަތުން މިދިޔަ ޖޫން މަހުގެ ތެރޭގައި ހޯދައިފިއެވެ.
ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ފުލުހުންގެ މަސައްކަތުން ހޯދި 69 ސައިކަލުގެ ޖުމުލަ އަގަކީ 3،303،429 (3.3 މިލިއަން) ރުފިޔާއެވެ. އަދި ފުލުހުން ހޯދި 29 ފޯނުގެ ޖުމުލަ އަގަކީ 202،375 ރުފިޔާއެވެ.
ތަފާސްހިސާބުގައިވާ ގޮތުން ފުލުހުން ވަނީ މިދިޔަ ޖޫން މަހުގެ ފައިސާއާ ގުޅުންހުރި 26 މައްސަލައެއްގައި 406،098 ރުފިޔާ ހޯދައިފައެވެ. ކަރަންޓު ސާމާނު ގެއްލިގެން ހުށަހެޅި މައްސަލަތަކުގެ ތެރެއިން އަށް މައްސަލައެއްގައި 80،000 ރުފިޔާގެ ކަރަންޓު ސަމާނު ހޯދައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެނިހެން 61 މައްސަލައެއްގައި 110،263 ރުފިޔާގެ މުދާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އެ ތަފާސްހިސާބުގައިވާ ގޮތުން ފުލުހުން ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި 45،380 ތަނެއް ޗެކްކޮށްފައެވެ. އަދި ފުޓް ޕެޓްރޯލިން 1،037 ގަޑިއިރާއި 48 މިނިޓު ކޮށްފައިވާ ކަމަށް ތަފާސްހިސާބުގައިވެއެވެ.
އަދި މިދިޔަ ޖޫން މަހުގެ ތެރޭގައި 5،015 މީހުން ހުއްޓުވައި ސުވާލުކުރި އިރު، އޭގެ ތެރެއިން 4،833 މީހުންނަކީ ކުށުގެ ރެކޯޑް އޮތް މީހުން ކަމަށާއި 182 މީހުންނަކީ ކުށުގެ ރިކޯޑް ނެތް މީހުން ކަމަށް ތަފާސްހިސާބުގައިވެއެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް