އަފްގާނިސްތާނު މީހުން އިރާނުން ބޭރު ނުވެއްޖެ ނަމަ ހައްޔަރު ކުރާނެކަމުގެ އިންޒާރު އިރާނުން ދީފިއެވެ.
އިރާނުގައި ތިބި އަފްގާނިސްތާނަށް ނިސްބަތްވާ މިލިއަނަކަށްވުރެ ގިނަ ރެފިއުޖީން އެ ގައުމު ދޫކޮށް ދިއުމަށް ދީފައިވާ މުހުލަތު އިއްޔެ ހަމަވެފައިވާއިރު އިރާނު ސަރުކާރުން ވަނީ އެ ގައުމުން ބޭރު ނުވެ ތިބި އެންމެން ހައްޔަރު ކުރާނެ ކަމަށް ބުނެފައެވެ.
އިރާނާއި އިސްރާއީލާ ދެމެދު 12 ދުވަހުގެ މުއްދަތަށް ހިނގައިދިޔަ ހަނގުރާމައަށްފަހު އިރާނުން ވަނީ އެ ގައުމުގެ ސެކިއުރިޓީ ކަންކަން ހަރުދަނާކޮށް ގައުމަށް ނުރައްކާ އޮތް ކޮންމެ ދިމާލަކުން ރައްކާތެރިކަން ކަށަވަރު ކުރަން މަސައްކަތް ފަށައިފައެވެ.
އިރާނުން އެ ގައުމުގައި ތިބި އަފްގާނިސްތާނުގެ ރެފިއުޖީން ބޭރުކުރަން ފެށުމާއެކު އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ވަނީ އެކަން ނުކުރުމަށާއި ކުއްލިޔަކަށް ގިނަ އަދަދެއްގެ ބަޔަކު ޑީޕޯޓުކުރުމުން އަފްގާނިސްތާނު އިތުރަށް ހާލުގައި ޖެހޭނެ ކަމަށް ބުނެފައެވެ.
ރިޕޯޓުތައް ބުނާގޮތުން އެމެރިކާއިން އަފްގާނިސްތާނަށް އަރަން ކުރި ހަނގުރާމައިގެ ސަބަބުން އަފްގާނިސްތާނުން އިރާނަަށް ހަތަރު މިލިއަނަށްވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި އެެތެރެވެފައި ވެއެވެ.
އިރާނުގެ ސަރުކާރުން ވަނީ މިއަހަރުގެ މާޗުން ފެށިގެން އެ ގައުމުގައި ނުގަވައިދުން ދިރިއުޅޭ އެންމެން ގައުމު ދޫކޮށް ދިއުމަށް މުހުލަތެއް ދީފައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ