ނެޓްފްލިކްސް އިން އިއްޔެ ސްޓްރީމް ކުރަން ފެށި ޝޯއެއް ކަމަށްވާ "އޯލް ދަ ޝާކްސް"ގައި ފުވައްމުލަކު ސިޓީގެ މަޝްހޫރު "ޝާކް ޕޮއިންޓް" ފީޗާކޮށްފިއެވެ.

ފެމުނު މިޔަރަށް ހާއްސަ ފުވައްމުލަކުގެ "ޝާކް ޕޮއިންޓް" އަކީ މިހާރު މުޅި ދުނިޔެއަށް މަޝްހޫރު ޝާކް ޕޮއިންޓެކެވެ. އެ ޝާކް ޕޮއިންޓަކީ ފަތުރުވެރިންގެ މެދުގައިވެސް މަގުބޫލު ޕޮއިންޓެކެވެ.

"އޯލް ދަ ޝާކްސް" ޝޯގައި ފުވައްމުލަކަށް ނިސްބަތްކޮށް ކިޔަނީ "ޝާކް އައިލެންޑް" އެވެ.

https://www.youtube.com/watch?v=PCemp1-vDjE

"އޯލް ދަ ޝާކްސް"އަކީ މިޔަރުގެ ފޮޓޯ ނެގުމުގެ މުބާރާތެއް ދައްކާ ޝޯއެކެވެ. އެ ޝޯ ފެށިގެންދަނީ ފުވައްމުލަކުގެ ރީތި ރުއްގަނޑާއި އެ ސިޓީގެ ރީތި ގޮނޑުދޮށުގެ މަންޒަރުތަކުންނެވެ. އެއަށްފަހު ލޯންޗުތަކެއްގައި ޝާކް ޕޮއިންޓާ ދިމާލަށް ދާ މަންޒަރާ މިޔަރުތައްވެސް ދައްކައެވެ.

"އޯލް ދަ ޝާކްސް" އަކީ ހަތަރު ޓީމެއްގެ މެދުގައި ހިނގާ ވާދަވެރި މުބާރާތެއްގެ މައްޗަށް ދައްކާ ޝޯއެކެވެ. އެ މުބާރާތުގައި ޖެހެނީ ދުނިޔޭގެ މަޝްހޫރު ޝާކް ޕޮއިންޓްތަކުގައި ފީނައިގެން މިޔަރުގެ ފޮޓޯ ނަގާށެވެ. މުބާރާތުން މޮޅުވާ ޓީމަށް 50،000 ޑޮލަރުގެ އިނާމެއްދޭ އިރު، އެ އިނާމު އެ ޓީމުން ބޭނުންވާ ޗެރިޓީއަކަށް ހަދިޔާ ކުރެވޭނެއެވެ.