މޯލްޑިވިއަން ފުލައިޓުތަކުގައި ޕަވާ ބޭންކް ބޭނުންކުރުން މަނާކޮށްފިއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަންސް ސާވިސަސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕަވާ ބޭންކު ބޭނުންކުރުން މަނާ ކުރަން ނިންމީ އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީގެ މިންގަނޑުތަކަށް ތަބާވުމުގެ ގޮތުން ކަމަށެވެ.
ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތަބާވުމުގެ ގޮތުން އެފަދަ އުސޫލެއް ތައާރަފު ކުރި ރާއްޖޭގެ ފުރަތަމަ އެއާލައިނަކީ މޯލްޑިވިއަން ކަމަށާއި މޯލްޑިވިއަން އިން އަބަދު ވެސް ޕަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ.
އައިލެންޑް އެވިއޭޝަނުން ބުނީ ޕަސެންޖަރުންނަށް ދެން ގެންދެވޭނީ ގިނަވަގެން ދެ ޕަބަ ބޭންކު ކަމަށާއި އެގޮތަށް ގެންދާ ޕަވަ ބޭންކުތައް ވެސް 100 ވޮޓްއަށްވުރެ މަތިވެގެން ނުވާނެ ކަމަށެވެ.
ޕަވަ ބޭންކު ގެންދެވުނު ނަމަވެސް ފުލައިޓު ތެރޭގައި ޕަވަ ބޭންކު ބޭނުން ކުރުން މަނާވާނެ ކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ. އަދި ބުނީ ޕަވަ ބޭންކު އޮންނަންވާނީ ޕަސެންޖަރުންގެ ދަބަހުގައި ނުވަތަ އަތުގައި، ސީޓުގެ ޖީބުގައި ނުވަތަ ސީޓުގެ ދަށުގައި ކަމަށެވެ. ޕަވަ ބޭންކް ލަގެޖަށް ދޫކޮށްލުމާއި ބޯޓުގެ އޯވަ-ހެޑް ކެބިންގައި ބޭއްވުންވެސް މަނާވާނެ ކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ.
މީގެ އިތުރުން އައިލެންޑް އެވިއޭޝަނުން ބުނީ ފުލައިޓު ތެރޭގައި ޕަބަ ބޭންކް ބޭނުންކޮށްގެން އެހެން ޑިވައިސްތައް ޗާޖުކުރުމާއި ޕަވަ ބޭންކް ރީ-ޗާޖުކުރުމަކީވެސް މަނާކަމެއް ކަމަށެވެ.
ޕަވަ ބޭންކުގެ ކަރަންޓު ކޮޅު ހާމައަށް ނުވަތަ ކަރަންޓު މައްސަލައެއް ދިމާވެދާނެ ގޮތަކަށް ބާއްވައިގެން ނުވާނެ ކަމަށާއި ފުލައިޓުގައި ގެންދާ ޕަވަ ބޭންކަކީ އދ. ގެ ކަރަންޓު ސާމާނުގެ މިންގަނޑުތަކަށް ފެތޭ އެއްޗަކަށް ވާންވާނެ ކަމަށް ވެސް އައިލެންޑް އެވިއޭޝަނުން ބުންޏެވެ.
އައިލެންޑް އެވިއޭޝަނުން އިތުރަށް ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ އުސޫލުތަކަށް އަމަލުކުރަން ފަށާނެ ކަމަށެވެ.
މުހައްމަދު އިޝާން
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް