ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ރާއްޖެ އާއި ސިންގަޕޫރާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
ރައީސް މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބޭއްވި ރާއްޖެ-ސިންގަޕޫރު އިންވެސްޓްމެންޓު ފޯރަމްގެ ތެރެއިން އެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. ސިންގަޕޫރު ކޯޕަރެޝަން އެންޓަޕްރައިޒް (އެސްސީއީ)ގެ ފަރާތުން ސޮއިކުރެއްވީ ޑެޕިޔުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު ރޭ ލިއަން ޗިއުއެވެ.
އެ އެމްއޯޔޫގެ މަގުސަދަކީ، ސިންގަޕޫރުގެ ޕަބްލިކް ސެކްޓާގެ އިލްމާއި ނަމޫނާ އާދަތައް ބޭނުންކޮށްގެން ރާއްޖޭގައި މުހިންމު ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިކުރުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ،
ފިނޭންސް މިނިސްޓްރީން އިތުރަށް ބުނީ، އެ އެމްއޯޔޫގެ ދަށުން ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ނިޒާމާއި މަސައްކަތުގެ ފެންވަރު ބެލުމާއި ވަޒަންކުރުމުގެ ހަރުދަނާ އޮނިގަނޑުތަކެއް ގާއިމުކުރާނެ ކަމަށެވެ.
ރާއްޖެ-ސިންގަޕޫރު އިންވެސްޓްމެންޓު ފޯރަމްގައި ވަނީ އެހެން ބައެއް ދާއިރާތަކުންވެސް އެމްއޯޔޫޔަކުގައި ސޮއިކޮށްފައެވެ.
އަލީ ޔާމިން
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް