ލ. އަތޮޅުގައި ބަނދަރަކާއެކުގައި ބަންކަރިން ހިދުމަތް ފަށަން ނިންމައި އެ މަޝްރޫއަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ލ އަތޮޅުގައި ބަނދަރަކާއެކު ބަންކަރިންގެ ހިދުމަތް ފަށަން އިއުލާނު ކުރީ، ސިންގަޕޫރުގައި މިހާރު ކުރިއަށްދާ "މޯލްޑިވްސް - ސިންގަޕޫރު" ބިޒްނަސް ފޯރަމްގައެވެ.

އެ ބިޒްނަސް ފޯރަމްގައި ދެއްކި ޕްރެސެންޓޭޝަނެއްގައިވާ ގޮތުން އެ މަޝްރޫއުގެ ދަށުން ލ.އަތޮޅުގައި ބަންކަރިން ހިދުމަތް ދިނުމާއި ބަނދަރާ ގުޅޭ އިންފްރާސްޓްރަކްޗާ ގާއިމުކުރުުމާއި ސްޓޯރޭޖް ފެސިލިޓީ އަދި ސަޕޯޓް އިންފްރާސްޓްރަކްޗާ ގާއިމުކުރުން ހިމެނެއެވެ.

ލ އަތޮޅުގައި ބަންކަރިންގެ ހިދުމަތް ފަށަނީ، އެ ސަރަހައްދަކީ ބައިނަލްއަގުވާމީ ދަތުރުތަކުގެ މުހިންމު ޗެނަލަކަށް ވުމުން ކަމަށްވެސް އެ ޕްރެޒެންޓޭޝަންގައި ބުންޏެވެ.

ސަރުކާރުން ވަނީ އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށައިފައެވެ. އެ މަޝްރޫއުން މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގއި 124 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.