މިދިޔަމަހު އިރާނުން އަފްގާނިސްތާނުގެ 250،000 އަށްވުރެ ގިނަ މީހުން އަނބުރާ ގައުމަށް ދިޔަ ކަމަށް އދ އިން ބުނެފިއެވެ.
މި މައުލޫމާތު ހާމަކޮށްފައިވަނީ އދގެ މައިގްރޭޝަން އެޖެންސީންނެވެ.
އިރާނުން ވަނީ އެ ގައުމުގައި ދިރިއުޅޭ އަފްގާނިސްތާނަށް ނިސްބަތްވާ މީހުންގެ ތެރެއިން ނުގަވައިދުން އުޅޭ އެންމެން ގައުމުން ބޭރުވުމަށް މި މަހުގެ ހަވަނަ ދުވަހާ ހަމައަށް މުހުލަތު ދީފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަފްގާނިސްތާނުގެ ސަރުކާރުގެ ކޮންޓްރޯލް ތާލިބާނުން ނެގުމާއެކު އެގައުމުގެ ގިނަ ބަޔަކު ވަނީ ގައުމު ދޫކޮށް އަވަށްޓެރި ގައުމުތަކަށް ހިޖުރަ ކޮށްފައެވެ. އެގޮތުން އިރާނަށްވެސް ގިނަ އަދަދެއްގެ އަފްގާނިސްތާނު މީހުން ހިޖުރަ ކުރިކަމަށް އޮފިޝަލުން ބުނެއެވެ.
ބައިނަލްއަގުވާމީ އެޖެންސީތަކުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އިރާނުގައި ތިބި އަފްގާނިސްތާނުގެ މީހުންގެ ތެރެއިން 700،000 މީހުން އިރާނު ދޫކޮށް އަފްގާނިސްތާނަށް ބަދަލުވެފައިވެއެވެ.
ޖޫން މަހު އިރާނުގައި ތިބި ގިނަ އަދަދެއްގެ އަފްގާނިސްތާނު މީހުން ބަދަލުވުމުގެ މައިގަނޑު ސަބަބަކީ އިރާނާއި އިސްރާއީލު ކުރި ހަނގުރާމަ ކަމަށް ވެސް އޮފިޝަލުން ފާހަގަކުރެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު