ވަން އޮންލައިންގެ ސްޕޯޓްސް އެޑިޓަރު މުހައްމަދު ޝަމްއޫންގެ ލޮބުވެތި ބޮޑުބޭބެ، ލ. ފޮނަދޫ، ހީނާމާގެ، ސްޓާފް ސާޖެންޓް އަލީ މާހިރު، 43އ، ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ނިޔާވެފައެވެ.

އަލީ މާހިރުގެ އާއިލާއަށް މިދަނޑިވަޅުގައި ކުރިމަތިވެފައިވާ ފުން ހިތާމައިގައި ވަން މީޑިއާ ގްރޫޕުގެ މެނޭޖްމަންޓާއި މުވައްޒަފުން ބައިވެރިވެ ތައުޒިޔާ ކިޔަމެވެ.

އަޅުގަނޑުމެންގެ ދުއާއަކީ މަރުހޫމަށް ރަހުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ.

އަލީ މާހިރު ވަނީ 23 އަހަރު އެމްއެންޑީއެފްގައި ހިދުމަތް ކުރައްވައިފައެވެ.