ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
މިއީ ރައީސްކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޑިސަނަރެކެ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ލަންކާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެގައުމުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެ ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 29 އިން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށެވެ. އަދި އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ރަނގަޅުކޮށް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
އެ އޮފިޝަލާ ހަވާލާދީ ބުނެފައިވަ ގޮތުގައި އެ ދަތުރުފުޅުގެ ތައްޔާރީތައް އެގައުމުގެ ފޮރިން މިނިސްޓްރީން މިހާރު ވަނީ ފަށައިފައެވެ.
ނަމަވެސް ލަންކާގެ ރަސްމީ އިދާރާއަކުން އަދި އެކަން ހާމަކޮށްފައެއް ނުވެއެވެ. އަދި ދިވެހި ސަރުކާރުން ވެސް އެކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އެ ދަތުރުފުޅާ ގުޅޭ މައުލޫމާތެއް އިންޑިއާ އަދި ދިވެހި ސަރުކާރުން ވެސް ރަސްމީކޮށް ޔަގީން ކޮށްދީފައެއް ނުވެއެވެ.
ސްރީ ލަންކާ އާއި ރާއްޖެ އާ ދެމެދު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައިވަނީ 1965 ވަނަ އަހަރުއެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް