އިރާނާއި އިސްރާއީލާ ދެމެދު ހަމަލާތައް ހުއްޓާލުމަށް މެދުވެރިޔަކަށް ވެފައިވަނީ އެމެރިކާ އާއި ގަތަރު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިރާނާއި އސްރާއީލާއި ދެމެދު ކުރަމުން ދިޔަ ހަނގުރާމަ 12 ދުވަހަށްފަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެގައުމުން އެއްބަސްވެފައިވާއިރު މެދުއިރުމައްޗަށް ވަނީ ހަނގުރާމައިގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

އެމެރިކާ އާއި ގަތަރު މެދުވެރިވެގެން ކުރި މަޝްވަރާތަކަށްފަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމަކަށް އައިއިރު އެެމެރިކާގެ ރައިސް އެ ޚަބަރު އާންމުކޮށް އެންގެވި ފަހުންވެސް އިސްރާއީލުން އިސްވެ ވޭތުވެދިޔަ 12 ދުވަހު އިރާނަށް ނުދޭވަރުގެ މިސައިލު ހަމަލާތަކެއް ދިން ކަމަށް ބުނެ ޓްރަމްޕް ވަނީ އިރާނަށް ފާޑުވިދާޅުވެފައެވެ.

އިސްރާއީލުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަށްފަހު އިރާނަށް ހަމަލާ ދިނުމާއެކު އިރާނުން ވެސް ވަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އަދި އެއަށްފަހު އިރާނުން ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލަން ނިންމިކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ.

ޓްރަމްޕް ފަހުން ވަނީ ސޯޝަލް މީޑިއާގެ ކޮމެންޓެއްގައި އިސްރާއީލުން އިރާނަށް ހަމަލާ ނުދޭނެ ކަމަށއި ހުރިހާ ފްލައިޓުތަކެއް އަނބުރާ ގައުމަށް ގެނައުމަށް އަންގާފައެވެ.