އިރާނުން ފޮނުވާލި އެއް މިސައިލު ފިޔަވައި އެހެން ހުރިހާ މިސައިލެއް ގަތަރުން ގޮއްވާލައިފިއެވެ.
ގަތަރުގެ މިނިސްޓްރީ އޮފް ޑިފެންސުން ވަނީ އިރާނުން ގަތަަރަށް ފޮނުވާލި މިސައިލުތައް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް ބުނެ ބަޔާނެއް ނެެރެފައެވެ.
ގަތަރުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ގައުމުގައި ހުންނަ އަލް އުދައިދު އެއާ ބޭސް އަށް އަމާޒުކޮށް އިރާނުން ފޮނުވާލާފައިވާ މިސައިލުތައް އެގައުމުގެ ސަލާމަތީ ބާރުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނުރައްކަލެއް ނުވެ ވަނީ ގޮއްވާލައިފައެވެ.
ނަމަވެސް ގަތަރުގެ އޮފިޝަލުން ފަހުން ބުނެފައިވާ ގޮތުން އަލް އުދައިދު އެއާ ބޭސް އަށް ވަނީ އެއް މިސައިލު އަމާުވެފައެވެ. އެ ހަމަލާގައި މީހަކަށް އެއްވެސް އަނިޔާއެއް ވެފައިނުވާ ކަމަށް އޮފިޝަލުން ބުނެއެވެ.
މިނިސްޓްރީގެ ބަޔާނުގައި ވަނީ ގަތަރުގެ ވައިގެ ސަރަހައްދާއި އެގައުމު ހިމެނޭ ހުރިހާ ސަރަހައްދެއްގެ ސަލާމަތީ ކަންކަން ކަށަވަރުވެފައިވާ ކަމަށް ފާހަގަކޮށްފައެވެ.
އެ ބަޔާނުގައިވާ ގޮތުން ގަތަރުގެ އާމްޑް ފޯސްތަކުން އަބަދުވެސް އެގައުމަށް އަންނާނެ ހުރިހާ ނުރައްކަލަކުން ގައުމު ސަލާމަތްކުރުމަށް ތައްޔާރަށް ތިބޭނެއެވެ. އަދި ހުރިހާ ފަރާތްތަކުން އޮފިޝަލުން ދޭ އިރުޝާދުތަކަށް ބޯލަނބަން ވަނީ އެދިފައެވެ.
އިރާނާއި އިސްރާއީލު ކުރަމުން އަންނަ ހަނގުރާމަ ތެރެއަށް އެމެރިކާއިން ވަދެ އިރާނުގައި ހުންނަ ނިއުކްލިއާ ސައިޓުތަކަށް އެމެރިކާއިން ބޮން އެޅުމުން އިރާނުން ވަނީ އެކަމުގެ ބަދަލު ހިފުމަށް އެމެރިކާގެ ބޭސްތަކަށް ހަމަލާދޭނެ ކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް