ޖެހޭނީ އެއްވެސް ޝަރުތަކާ ނުލައި އަމާންދޭން ކަމަށް އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ރޭ ކުރެއްވި ޕޯސްޓެއްގަ އެވެ.
ބޮޑު އަކުރުން ކުރައްވާފައިވާ އެ ޕޯސްޓުގައި އޮތީ "ޖެހޭނީ އެއްވެސް ޝަރުތަކާ ނުލައި އަމާންދޭން" މިހެން އެކަންޏެވެ.
ޓްރަމްޕްގެ އެ ޕޯސްޓު އަމާޒުކޮށްފައިވަނީ އިރާނަށް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކޮށްފައިވާއިރު ޓްރަމްޕް ވަނީ އެހެން ޕޯސްޓެއްވެސް ކުރައްވައިފައެވެ. މި ޕޯސްޓުގައި އެމެރިކާއިން މެދުއިރުމަތީގައި ހިނގަމުން ގެންދާ ކަންތައްތަކުގައި ބައިވެރިވުމާމެދު ގޮތެއް އަދި ނުނިންމާކަމަށް ވިދާޅުވެފައިވެއެވެ.
އެ ޕޯސްޓުގައި ޓްރަމްޕް ވިދާޅުވެފައިވަނީ އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ހާމަނާއީ ފިލައިގެން އުޅޭތަން އެމެރިކާއަށް އެނގޭ ކަމަށާއި ހަމަލާ ދޭން ޖެހިއްޖެ ނަމަ އެއީ ފަސޭހަ ކަމެއް ކަމަށެވެ.
ޓްރަމްޕްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ އަދި މިހާތަނަށް ސުޕްރީމް ލީޑަރާ މެދު ވަކިގޮތަކަށް އަމަލުކުރަން ނިންމާފައި ނުވާކަމަށާއި އެމެރިކާއިން ހަމަލާ ދޭން ޖެހުނު ކަމުގައި ވިޔަސް އިރާނުގެ އާންމުންނަށް އެއްވެސް ހަމަލާއެއް ދޭން ބޭނުން ނުވާކަމަށެވެ.
ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި، އެމެރިކާއިން ކެތްތެރިކަމާއެކު މަޑުކޮށްގެން އެ ތިބޭ ތިބުމަކީ އިންޒާރެކެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު