އިރަނުގެ ނިއުކްލިއާ ސައިޓުތަކަށް އިތުރު ގެއްލުމެއް ވެފައި ނުވާކަމަށް އެޓަމިކް ހަކަތައާއި ބެހޭ ބައިނަލްއަގުވާމީ އިދާރާ އިންިޑަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ ''އައިއޭއީއޭ''އިން ބުނެފިއެވެ.

''އައިއޭއީއޭ'' އިން ބުނެފައިވަނީ އިސްރާއީލުން އިރާނުގެ ނިއުކްލިއާ ސައިޓުތަކަށް ދިން ހަމަލާތަކުގެ ސަބަބުން އިތުރު ނުރައްކަލެއް ވެސް ނެތް ކަމަށެވެ.

އިރާނުގެ ނަތަންޒް ޔުރޭނިއަމް ފައްކާކުރާ ނިއުކްލިއާ ސައިޓުތަކަށް އިސްރާއީލުން ހަމަލާ ދީފައިވާއިރު އެ ހަމަލާ އަރާފައިވަނީ އެ ސައިޓުތަކުގެ ބޭރަށް ފެންނަން ހުންނަ އިމާރާތްތަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އައިއޭއީއޭއިން ވަނީ އިރާނުގެ ނިއުކްލިއާ ސައިޓުތަކުގެ މުހިންމު ބައިތައް ހުންނަނީ ބިމުއަޑީގައި ކަމަށާއި ހަމަލާގެ އަސަރު އެތަންތަނަށް ނުކުރާ ކަމަށް ބުނެފައެވެ.

އިރާނުގެ ނިއުކްލިއާ ޕްރޮގްރަމް މޮނިޓަރ ކުރާ އައިއޭއީއޭގެ އޮފިޝަލުން ވަނީ އިއްޔެ އައިއޭއީއޭގެ ރަސްމީ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކޮށްފައި ކަމަށް އޮފިޝަލުން ބުނެއެވެ. އަދި އިރާނުގެ އޮފިޝަލުންނާ ގުޅިގެން އެ ސައިޓުތައް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ.