އިންޑިއާގައި ބުރިޖެއް ވެއްޓި ދެ މީހަކު މަރުވެއްޖެއެވެ.
އިންޑިއާގެ މަހާރަޝްޓްރާގެ ޕޫނޭ ޑިސްޓްރިކްޓްގައި ދަގަނޑުން ހަދާފައި ހުރި އެ ބުރިޖް ވެއްޓުނު ހާދިސާގައި ހަ މީހަކު ޒަހަމު ވެފައިވާކަމަށާއި އެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ ބްރިޖު ވެއްޓުމާއެކު އެ ވަގުތު ބުރިޖުގައި ތިބި ގިނަ މީހުން ޖެހިގެން އޮތް ކޯރަށް ވެއްޓިފައިވާ ކަމަށާއި މީހުން ސަލާމަތް ކުރުމަށް ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔަ ކަމަށް ބުނެފައެވެ.
މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ވަނީ ބުރިޖު ވެއްޓިފައިވަނީ ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ އެ ބުރިޖަށް އެރުމުން ކަމަށް ރިޕޯޓުކޮށްފައެވެ.
މަހާރަޝްޓްރާގެ ޗީފް މިނިސްޓަރު ދެވެންދުރާ ފަދްނަވިސް ވަނީ އިންޑިއާގެ ނެޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސްގެ ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ކޯރަށް ވެއްޓުނު މީހުން ސަލާމަތް ކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ އެ ކޯރަށް ވެއްޓުނު މީހުންގެ ތެރެއިން ބައެއް މީހުން އޮޔާ ގޮސްފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އަދި އެކަން ކަށަވަރުކޮށްފައެއް ނުވެއެވެ.
މުހައްމަދު އައުޒަމް
ބޮޑުތަކުރުފާނު މަގު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކުށް