ފީބާ އަންޑަ 16 އޭޝިއާ ކަޕް ސާބާ ކޮލިފަޔަސް އަދި ފީބާ އަންޑަ 16 ވިމެންސް އޭޝިއާ ކަޕް ސަބާ ކޮލިފަޔާސް ދިރާގުގެ ސްޕޮންސާޝިޕާއެކު މިއަދު ރާއްޖޭގައި ފަށައިފިއެވެ.
މިއަދު ފެށި އަންހެން އަދި ފިރިހެން ޑިވިޝަންގެ މުބާރާތް ރާއްޖޭގައި ކުރިއަށްގެންދާނީ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައެވެ. އެއީ މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ.
މުބާރާތުގައި ރާއްޖެ ހިމަނައިގެން ދެކުނު އޭޝިއާގެ ހަތަރު ގުއުމަކުން ދަނީ ވާދަކުރަމުންނެވެ. އެއީ އިންޑިއާ، ބަންގްލަދޭޝް އަދި ސްރިލަންކާއެވެ. މިއީ ފީބާ 16 އަހަރުން ދަށުގެ ބައިނަލްއަގުވާމީ ބާސްކެޓްބޯޅަ މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ތާރީހީ މުބާރާތް ރާއްޖޭގައި ބޭއްވުމަކީ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ހޯދާފައިވާ ފަހުރުވެރި ކާމިޔާބީއެކެވެ. އަދި މިއީ ރާއްޖޭގެ ޒުވާނުންގެ ކުޅިވަރު ތަރައްގީއަށް ލިބުނު ބޮޑު ކުރިއެރުމެއްވެސް މެއެވެ.
މުބާރާތް ދިރާގުގެ ސްޕޮންސާޝިޕްގެ ދަށުން ކުރިއަށްގެންދާ އިރު، ދިރާގަކީ ފެށުނީއްސުރެ ރާއްޖޭގައި ބާސްކެޓްބޯޅަ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން، ގައުމީ ފެންވަރުގައި ވެސް މި ކުޅިވަރު ކުރިއެރުމަށް ދިރާގުން ދަނީ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު