ދެކުނު ކޮރެއާއިން ބޯޑަރު ސަރަހައްދުގައި ބެހެއްޓި ސްޕީކަރުތައް ނަގައިފިއެވެ.
ދެކުނު ކޮރެއާއިން ދެކޮރެއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ބަހައްޓާފައި ހުރި އެ ގައުމުގެ ޕްރޮޕެގެންޑާ ފަތުރާ ސްޕީކަރުތައް ނިއްވާލައި އެތަނުން ނަގާފައިވަނީ ދެގައުމުދެމެދު އިތުބާރު ގާއިމު ކުރުމަށް ކަމަށް ދެކުނުގެ މިލިޓަރީން ބުނެއެވެ.
ދެކުނު ކޮރެއާއިން ސްޕީކަރުތައް ނަގާފައި މިވަނީ އެ ގައުމުގެ އާ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ހަފުތާއެއް ނުވަނީހެވެ. ދެކުނު ކޮރެއާގެ އާ ރައީސް ލީ ޖައޭ މިޔުންގް އޭނާގެ ކެމްޕޭނުގައި ވަނީ ދެކޮރެއާ މައްސަލަ ހައްލުކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އުތުރު ކޮރެއާއިން ގަބޫލު ކުރާ ގޮތުގައި ބޯޑަރު ސަރަހައްދުގައި ސްޕީކަރު ބަހައްޓައި ޕްރޮޕެގެންޑާ ފެތުރުމަކީ ހަނގުރާމައިގެ އަމަލެކެވެ. މީގެ ކުރީން ވަނީ އެ ސަރަހައްދަށް ހަމަލާ ދޭން ޖެހިދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
ދެކުނު ކޮރެއާއިން ބޯޑަރު ސަރަހައްދުގައި ބަހައްޓާފައިވާ ސްޕީކަރުތައް ނަގާފައިވާތާ ހަ އަހަރު ފަހުން އުތުރު ކޮރެއާއިން މިދިޔަ އަހަރު ދެކުނު ކޮރެއާއަށް ބޮޑެތި ފުއްޕާހަމުގައި ކުނި ކޮތަޅު ފޮނުވަންފެށި މައްސަލައާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދެކުނުން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ސްޕީކަރުތަކުން ޕްރޮޕެގެންޑާގެ އަޑު ފޮނުވަން ފަށައިފައެވެ.
ރިޕޯޓުތައް ބުނާގޮތުން އެ ސްޕީކަރުތަކުގައި ދެކުނު ކޮރެއާއިން ވަނީ ދެކޮރެއާގެ ހަބަރުތަކާއި ޑިމޮކްރަސީއާ ބެހޭ މައުލޫމާތުގެ އިތުރުން ދެކުނު ކޮރެއާގެ މައުލޫމާތު ދުރަށް އަޑުއިވޭ ގޮތަށް ފޮނުވައިފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު