ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާ މައްސަލައާ ގުޅިގެން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަދި އެ މިނިސްޓްރީގެ އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި އޭރު ހުރި މުހައްމަދު އާރިފްއާއި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި އޭރު ހުރި ޝިރުއާމް ވަހީދުގެ އިތުރުން އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުރި އަހުމަދު ވިޝާން ނަސީމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން މިއަދު ނެރުނު ނޫސްނބަޔާނެއްގައި ބުނީ އެ މީހުންގެ މައްޗަށް ކޮށްދިނުމަށް އެދިފައިވަނީ ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކަމަށާއި އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ މިއަދު ކަމަށެވެ.
"މި މައްސަލައިގެ ތަހުގީގުއި ގާނޫނު 'ދިވެހިރާއްޖޭގެ ޤާގާނޫނުލްއުގޫބާތު' ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ފިޔަވައި، އެހެން އިތުރު ކުށްތައް މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އެކުށްތައް ތަހުގީގުކުރުމުގެ މަސައްކަތް ދެ މުއްއައްސަސާއިން މިދަނީ ކުރަމުންނެވެ،" އޭސީސީން ބުންޏެވެ.
ގެދޮރުވެރިޔާ ސްކީމުގެ މައްސަލަ އޭސީސީން ތަހުގީގުކޮށްފައިވަނީ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ފުލުހުންނާ ގުޅިގެންނެވެ.
އޭސީސީން ދަނީ ބިންވެރިޔާ ސްކީމާ ގުޅުންހުރި މައްސަލަތަކެއް ވެސް ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައާ ގުޅިގެން އޭސީސީން އެދިގެން ކުރިމިނަލް ކޯޓުން ވަނީ އަކްރަމް އާއި އާރިފުގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފައެވެ. ނަމަވެސް ހައިކޯޓުން ހުކުމް ކުރީ އޭސީސީން އެ ދެ މީހުންގެ ޕާސްޕޯޓް ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށެވެ.
މުހައްމަދު އިޝާން
ރިޕޯޓް
ކާބޯތަކެތި
އެމެރިކާ
ބޮލީވުޑް