އިންޑިއާ މީހެއްގެ ދަބަހުން ވިހަގަދަ 47 ހަރުފަ ފެނިއްޖެއެވެ.

އިންޑިއާގެ އޮފިޝަލުން ބުނެފައިވާގޮތުގައި، މަދުން ނޫނީ ނުފެންނަ ވައްތަރުގެ މި ހަރުފަތައް ފެނިފައިވަނީ އިންޑިއާގެ މުމްބާއީއަށް ދަތުރުކުރި މީހެއްގެ ދަބަހުންނެވެ.

އެ މީހާ އަކީ ތައިލެންޑުން އިންޑިއާއަށް ދަތުރުކުރި ފްލައިޓަކުން އެތެރެވި މީހެއް ކަމަށް އިންޑިއާ ކަސްޓަމުން ބުނެއެވެ. ކަސްޓަމުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓޔު ކޮށްފައިވާ ގޮތުގައި، އެމީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

އެމީހާގެ ނަން ހާމަކޮށްފައި ނުވި ނަމަވެސް ކަސްޓަމުން ވަނީ އޭނާ ގެންގުޅުނު ހަރުފަތަކުގެ ފޮޓޯ އާންމު ކޮށްފައެވެ.