އިންޑިއާގައި މޫސުން ގޯސްވެގެން މަރުވި މީހުންގެ އަދަދު 30 އަށް އަރައިފިއެވެ.
އިންޑިއާގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވެފައިވާއިރު އެ ގައުމުގެ އިރު އުތުރު ސަރަހައްދުން ވޭތުވެދިޔަ ދެދުވަސް ތެރޭ ހިނގި އެކި ހާދިސާތަކުގައި 30 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ގިނަ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާ ވެފައިކަމަށް އޮފިޝަލުން ބުނެއެވެ.
އިންޑިއާގެ އިރު އުތުރު ސަރަހައްދަށް ރަތް ސަމާލު ނެރެފައިވާއިރު އެ ސަރަހައްދަށް ހުއްޓައިނުލައި ވާރޭވެހޭތާ ތިން ދުވަސް ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރުތައް ބަންޑުން ވާން ފަށާފައިވާއިރު އެ ގައުމުގެ އާމީން ވަނީ އެ ސަރަހައްދުތަކަށް މީހުން ފޮނުވައި ރެސްކިއު އޮޕަރޭޝަންތައް ފަށާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮންމެ އަހަރަކުވެސް ވިއްސާރަ މޫސުމުގައި އިންޑިއާގެ މި ސަރަހައްދަށް ނުރައްކާތެރި ހާލަތުތައް ކުރިމަތިވެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
އިރާނު-އިޒްރޭލު ހަނގުރާމަ
ބޭރު ކުޅިވަރު