އިސްރާއީލުން އިރާނަށް ހަމަލާދިނީ ނުދޭށޭ ބުނެފައިވަނިކޮށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އިސްރާއީލުން އިރާނަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާއެކު އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ގުޅުއްވައި ހަމަލާ ނުދިނުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.
އިއްޔެ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ އިރާނާ އެކު މިހާރު ކުރިޔަށްދާ ނިއުކްލިއާ މައްސަލައިގައި އަލިމަގެއް ފެންނަ ކަމަށާއި އިސްރާއީލުން ހަމަލާ ދީފިނަމަ އެ ވާހަކަތަކަށް އަސަރު ކުރާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ މަޝްވަރާތައް މިހާރު ކޮޅެއްގައި ޖެހިފައިވާކަމަށާއި އިރާނުން ޑީލެއް ހެދުމާ ގާތަށް ގޮސްފައިވާ ކަމަށާއި ޑީލެއް ހެދިއްޖެ ނަމަ އެތައް މަރެއް ސަލާމަތް ވާނެ ކަމަށެވެ.
އިރާނާއި އެމެރިކާގެ އޮފިޝަލުން ބާއްވަމުން އަންނަ މަޝްވަރާ ތަކުގެ ދަށުން، އިރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ ކަންކަން ބެލުމަށް ފުރުސަތު ލިބޭނެ ކަމަށް ހަބަރުތައް ބުނެއެވެ. އެމެރިކާގެ އިންސްޕެކްޓަރުންނާއި އދ ގެ އޮފިޝަލުންނަށް ނިއުކްލިއާ ސައިޓުތައް ބެލުމަށް ވެސް ފުރުސަތު ފަހިވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
މުސްލިމުން މެރުމަށްޓަކާ ހަތިޔާރުތަށް ފޯރުކޮންދީފަ މެރުމަށްހުއްދަވެސްދީފަ ކީކޭކިޔާކަން
ވ - 1 އަހަރު ކުރިން