މާރާމާރީގެ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ، އަޑުބަރޭ ދޫކޮށްލައިފިއެވެ.
ކުރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ މަދަނީ މުއާމަލާތަކާ ގުޅިގެން ހިންގި މާރާމާރީއެއްގެ ސަބަބުންނެވެ. ނަމަވެސް ހައްޔަރުކުރި ތާރީހެއް ސާފެއް ނުވެއެވެ،
އަޑުބަރޭ ބަންދުން ދޫކޮށްލާފައިވަނީ އިއްޔެ ހަވީރެވެ. އޭނާ ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއެކުއެވެ. ނަމަވެސް އެ ޝަރުތުތައް ކޯޓު އަމުރުގައި ބަޔާންކޮށްފައެއް ނުވެއެވެ.
ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަޑުބަރޭ ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ފުރައްސާރަ އާއި ގޯނާގެ ދައުވާތަކާ ގުޅިގެން ޖާމިނު ވެފައެވެ.
އެ މައްސަލައިގައި އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމުން، އަޑުބަރޭ ވަނީ 15 ދުވަހަށް ޖަލުގައި ބަންދުވެސް ކޮށްފައެވެ.
އަލީ އަފާފު ރަމީޒު
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު