މަޝްވަރާތައް ކޮޅެއްގައި ނުޖެހި، އީޔޫއިން ނަގާ ޓެރިފް ބޮޑުކުރަން ނިންމައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް ވަނީ އެ ގައުމުގެ އިގްތިސޯދު ހަމަމަގަށް އެޅުވުމަށް ކުރާ މަސައްކަތުގެ ދަށުން ދުނިޔޭގެ އެކި ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކުރެއްވުމަށް ނިންމަވައިފައެވެ. އެ ގައުމުތަކުން ވަނީ އެކަމުގައި ލުއި ގޮތްތަކެއް ހޯދުމަށް މަޝްވަރާތައް ފަށައިފައެވެ.

އީޔޫއިން އެމެރިކާއާއެކު ކުރި މަޝްވަރާތައް ކޮޅެއްގައި ޖެހިފައި ނުވާއިރު ރައީސް ޓްރަމްޕް ވަނީ އީޔޫގެ ގައުމުތަކުން ނަގާ ޓެރިފް ބޮޑުކުރައްވާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ. އެގޮތުން އެމެރިކާއިން ވަނީ އަންނަ މަހުގެ އެކަކުން ފެށިގެން އީޔޫގެ ޓެރިފް 50 ޕަސެންޓަށް ބޮޑުކުރާން ނިންމައިފައެވެ.

އެެމެރިކާއިން ޓެރިފް ބޮޑުކުރަން ނިންމުމާއެކު އެކަމުގައި ކޮމެންޓެއް ހޯދުމަށް ނޫސްވެރިން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު އީޔޫގެ އިސްވެރީންގެ ހާއްސަ ބައްދަލުވުމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.