މިހާރު ފެތުރެމުންދާ ކޮވިޑްގެ ނުރައްކާ ސްރީ ލަންކާއަށް ނެތް ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ލަންކާގެ ހެލްތު މިނިސްޓްރީން ބުނީ މިހާރު އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑްގެ ނުރައްކާ އެ ގައުމުގެ އާންމުންނަށް ނެތްކަން ޔަގީން ވާ ކަމަށެވެ.
ލަންކާގެ ހެލްތު މިނިސްޓްރީގެ ސެކްރެޓަރީ ޑރ އަނިލް ޖާސިންގްހޭ އެ ގައުމުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހެލްތު މިނިސްޓްރީގެ އެޕިޑެމިއޮލޮޖީ އިން އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ކޮވިޑްގެ އެއްވެސް އާ ކޭހެއް އެ ގައުމުން ފާހަގަވެފައި ނުވާކަމަށާއި އެކަމުގެ ނުރައްކަލެއް ލަންކާގެ ރައްޔިތުންނަށް އަދި ނެތް ކަމަށެވެ.
ލަންކާގެ އެކި ކަންކޮޅުތަކުގެ ހޮސްޕިޓަލުތަކުގައި މިހާރުވެސް ސަވައިލެންސް ޓެސްޓުތައް ކުރުމާއި އެހެނިހެން ތަހުލީލުތައް ކުރިޔަށް ދާ ކަމަށާއި މިހާތަނަށް ކޮވިޑް ފެތުރޭކަން ފާހަގަވެފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑްގެ އާވޭރިއަންޓެއް ފެތުރެން ފަށާފައިވާކަމަށް ރިޕޯޓުތައް ކުރަމުންއަންނަ އިރު ލަންކާއިން ވެސް ވަނީ އެ ގައުމުގެ ހުރިހާ ވަސީލަތްތަކެއް ތައްޔާރަށް ހުރިކަމަށް ބުނެފައެވެ. އެގޮތުން ލެބޯޓަރީތަކާއި ސަވައިލެންސް ސިސްޓަމްތައް ތައްޔާރީ ހާލަތުގައި ހުރިކަމަށް އެގައުމުގެ ހެލްތުން ބުނެފައިވެއެވެ.
މުހައްމަދު އައުޒަމް
ކުޅިވަރު
އިރާން
ބޮލީވުޑް
ދުނިޔެ